ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) އާއި ރަނިންމޭޓް ފައިސަލް ނަސީމް ގެ ކެނޑިޑެންސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ދާދި ދެންމައަކު ހުށަހަޅައިފިއެވެ.
މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙާއި ރަނިން މޭޓް ފައިސަލް ނަސީމް ގެ ކެނޑިޑެންސީ ފޯމާއި ހަވާލުވެ ވަޑައިގެންނެވީ އިލެކްޝަންސް އަޙުމަދު ޝަރީފް އެވެ.
އެބޭފުޅުންގެ ފޯމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އީސީގެ ރައީސް ވިދާޅުވީ، ފޯމު ބަލައިގަތުމާމެދު 48 ގަޑިއިރު ތެރޭގައި ޖަވާބު އަރުވާނެ ކަމަށެވެ.