ޢުމަރު ބިން ޢަބްދުލްއަޒީޒް ވާހަކަ އަޑުއެއްސެވުމަށް ސަރުކާރުގެ ތެލުން ދިއްލާފައި ހުރި ބައްތި ނިއްވާލެއްވެވި: ޝައިޚް އަނީލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 19ސ
ޢުމަރު ބިން ޢަބްދުލްއަޒީޒް ވާހަކަ އަޑުއެއްސެވުމަށް ސަރުކާރުގެ ތެލުން ދިއްލާފައި ހުރި ބައްތި ނިއްވާލެއްވެވި: ޝައިޚް އަނީލް
މުސްލިމުންގެ ބައިތުލްމާލަކީ ވަކި ބައެއްގެ ވެރިކަން ދިފާޢުކުރަން ބޭނުންކުރެވޭނެ އެއްޗެއް ނޫން ކަމަށް އައްޝައިޚް މުޙައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

އެކަމުގެ ހެކި ދައްކަވަމުން ޝައިޚް އަނީލް ވިދާޅުވެފައިވަނީ، ޢުމަރު ބިން ޢަބްދުލްޢަޒީޒް ރަޙިމަހުﷲ ސަރުކާރުގެ މަސައްކަތް ނިމުމުން އަމިއްލަ ވާހަކައެއް ދައްކަން ބޭނުންވި މެހްމާނުގެ ވާހަކަ ހުއްޓުވުމަށްފަހު ސަރުކާރުގެ ތެލުން ދިއްލާފައި ހުރި ބައްތި ނިއްވާލެއްވެވި ކަމަށެވެ.

އިސްލާމް ދީނުގެ އުޞޫލުތަކަކީ އެއްވެސް ޒަމާނެއްގައި ބަދަލުކުރެވޭނެ ކަންކަމެއް ނޫނެވެ. ނަމަވެސް މިހާރު ރާއްޖޭގައި ވެރިކަންކުރާ ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) މީގެ ދެ ރޭ ކުރިން ވިދާޅުވީ މިފަހަރުގެ ރިޔާސީ ކެންޕޭނު ޕީޕީއެމުން ކުރިއަށް ގެންދާނީ ސިވިލް ސަރވިސްގެ މުވައްޒިފުންނާއި ސަރުކާރުގެ ވަސީލަތްތައް ބޭނުންކޮށްގެން ކަމަށެވެ.

"މުސްލިމުންގެ ބައިތުލްމާލަކީ ވަކި ބައެއްގެ ވެރިކަން ދިފާޢުކުރަން ބޭނުންކުރެވޭނެ އެއްޗެއް ނޫން. ޢުމަރު ބިން ޢަބްދުލްޢަޒީޒް ރަޙިމަހުﷲ ސަރުކާރުގެ މަސައްކަތް ނިމުމުން އަމިއްލަ ވާހަކައެއް ދައްކަން ބޭނުންވި މެހްމާނުގެ ވާހަކަ ހުއްޓުވުމަށްފަހު ސަރުކާރުގެ ތެލުން ދިއްލާފައި ހުރި ބައްތި ނިއްވާލެއްވެވި."

މިއަދު އޮންލައިން