އަޅުވެތިކަމާ އަނިޔާވެރިކަމާ ބޭއިންޞާފުގެ ހިޔަ ހާސް ނޭވާއަށްވުރެ، ބިރުވެރި ކަމުން ސަލާމަތްވެ ތިބެގެން ލެވޭ ނޭވާގެ އަގު މާބޮޑު: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އަޅުވެތިކަމާ އަނިޔާވެރިކަމާ ބޭއިންޞާފުގެ ހިޔަ ހާސް ނޭވާއަށްވުރެ، ބިރުވެރި ކަމުން ސަލާމަތްވެ ތިބެގެން ލެވޭ ނޭވާގެ އަގު މާބޮޑު: ޤާސިމް
އަޅުވެތިކަމާއި އަނިޔާވެރިކަމާއި ބޭއިންޞާފުގެ ހިޔަ ހާސް ނޭވާއަށްވުރެ، މިނިވަންކަން ލިބިގެން އަނިޔާވެރިކަމުން ސަލާމަތްވެގެން އިންސާފުލިބިގެން ބިރުވެރި ކަމުން ސަލާމަތްވެ ތިބެގެން ލެވޭ އެންމެ ނޭވާއެއްގެ އަގު ވެސް މާބޮޑު ކަމަށް ޖުމްހޫރީ ޕާޓީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ މިއަދު ރާއްޖޭގައި ފާހަގަކުރާ ރާއްޖޭގެ 53 ވަނަ މިނިވަން ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޤާސިމް އިބްރާހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވާއިރު ދިވެހި ރައްޔިތުންގެ 60،000 އަށްވުރެ ގިނަ ރައްޔިތުން މަޖިލީހުގައި ތަމްސީލުކުރައްވާ ރައްޔިތުންގެ 12 މަންދޫބުންގެ ހައްޤުތަކަށް އަރައިގެންފައިވާ މައްސަލައިގައި ޝަރުޢީ ސާފުޙުކުމެއް ނުކޮށް އަހަރުވެގެން ދިއުންފަދަ ރާއްޖޭގައި އަދުލުވެރިކަން އޮތް ޙާލަތު ވަރަށް ރަނގަޅަށް ހާމަވާ އެތައް މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިއަދު ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެއްވެސް ކަމެއްގައި އިންސާފު ލިބޭނެ ކަމުގެ ކުޑަވެސް އުންމީދެއް ނެތުންކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

"އަޅުވެތިކަމާ އަނިޔާވެރިކަމާ ބޭއިންޞާފުގެ ހިޔަ ހާސް ނޭވާއަށްވުރެ، މިނިވަންކަން ލިބިގެން އަނިޔާވެރިކަމުން ސަލާމަތްވެގެން އިންސާފުލިބިގެން ބިރުވެރި ކަމުން ސަލާމަތްވެ ތިބެގެން ލެވޭ ނޭވާއެއްގެ އަގު މާބޮޑެވެ- ޤާސިމް އިބްރާހީމް"


މިއަދު އޮންލައިން