މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ކުރިއަށްދާ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވިލިމާލޭ 2 ގެ ނަމުގައި މަޝްރޫޢުއެއް ފައްޓަވާނެ ކަމަށާއި 18 އަހަރުން މަތީ ކޮންމެ މީހަކަށް 1000 އަކަފޫޓުގެ ގޯއްޗެއް ދެއްވާނެ ކަމަށާއި މިމަސައްކަތަކީ ބޯހިޔާވަހިކަމަށް ފުރިހަމަ ހައްލެއް ހޯދައި ދެއްވުމަށް އާބާދީގެ ތިންބައި ކުޅަ އެއްބައި ދިރިއުޅެމުން އަންނަ މާލޭގެ ދިރިއުޅުމުގެ ދަތިކަން ހައްލު ކުރުމަށް އިތުރު މަސައްކަތެއް ކުރުމަށް ފައްޓަވާ މަޝްރޫޢުއެއް ކަމަށެވެ.
މީގެއިތުރުން ރައީސް ޔާމީން ވިދާޅުވެފައިވަނީ ވިލިމާލެ2 މަޝްރޫއުގެ ދަށުން ހުޅުމާލެ 2 ގައި އާބާދު ކުރެވޭ އެއްލައްކައަށް ވުރެ ގިނަ މީހުންގެ ވިލިމާލޭ 2 ގައި ތިން ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރެވޭނެ ކަމަށެވެ.
#live
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) July 26, 2018
Boahiyaavahikamuge massala ah Vilimale2 ge project aky boahiyaavahikamah alhugandu husha'alhaa 2 vana mshroou. Amaazaky 315 haas faraathah boahiyaavahikan libun. Dhivehi komme rayyithakah boahiyaavahikan libigendhaane: Raees