ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދާ ދިނުމަށް، ވިލިމާލެ-2 އުފައްދާ މާލެ އާއި ވިލިމާލެ ވެސް ގުޅާލާނެ ކަމަށް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިރޭ ކުރިއަށް ދިޔަ ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވިލިމާލެ-2 އުފައްދާ ތިން ލައްކައަށްވުރެ ގިނަ މީހުންގެ އާބާދީއަކަށް އެތަން ތަރައްޤީ ކުރައްވާނެ ކަމަށެވެ.
މިބިޔަ މަޝްރޫޢު އާއި ގުޅޭ ގޮތުން މާގިނަ ތަފްސީލެއް ނުދެއްވި ނަމަވެސް ރައީސް ވިދާޅުވީ މިއީ މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ މައްސަލައަށް ހައްލެއް ގެނައުމަށް އަލަށް ފަށާ މަޝްރޫޢުއެއް ކަމަށާއި މިމަޝްރޫޢުގެ ދަށުން މާލެއާއި ވިލިމާލެ ގުޅާލައު ބޮޑު އާބާދީއަކަށް ވިލިމާލެ ތަރައްޤީ ކުރައްވާނެ ކަމަށެވެ.