މާދަމާ ރޭ ހިފާ ހަނދުކޭތައަށްފަހު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މާދަމާ ރޭ 22:14 ގައި ހިފާ ހަނދު ކޭތަ ވީއްލާނެ ކަމަށް ލަފާ ކުރެވެނީ ފަތިހު 4:28 ގައި ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެރަށެއްގައި ހުރި އެންމެ ބޮޑު މިސްކިތެއްގައި މާދަމާ ރޭ 23:30 ގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމިނިސްޓްރީން ބުނެފައިވެއެވެ.
ކޭތަ ނަމާދަށްފަހު ޚާއްސަ ކުތުބާއެއް ވެސް ކިޔުމަށް ހަމަޖެހިފައިވާއިރު، މާލެ ސިޓީ ސަރަޙައްދުގައި މާދަމާ ރޭ ކޭތަ ނަމާދު ކުރަނީ މާލޭ އިސްލާމީ މަރުކަޒާއި، ވިލިމާލޭ މަސްޖިދުލް އިޚްލާސް އަދި ހުޅުމާލޭ މަސްޖިދުއް ޝައިޚް ޤަސިމް ބިން މުޙައްމަދު އަލް ޘާނީ ގައި ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.