މުޢާޛް ވިދާޅުވީ އެ ބުދުތައް ނަގަން ސަރުކާރުން ނިންމީ އެ ރަށުގައި ބުދުތައް ބެހެއްޓިކަމުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބުމާއި ގުޅިގެން ކަމަށެވެ.
ރާއްޖެއަށް އެތެރެކުރުން މަނާ މިފަދަ ބުދުތަކެއް އެތެރެކުރެވުނު ގޮތުގެ މައްސަލަ ބައްލަވާ ކަމުގެ އެއްވެސް މައުލޫމާތެއް އަދި މިހައިތަނަށް ލިބިފައެއް ނުވެއެވެ.
މިފަދަ ބުދުތަކެއް ބެހެއްޓުމުން ރާއްޖޭގެ ދީނީ ބައެއް ޢިލްމްވެރިން ގެންދަވަނީ ބުދުތައް ބެހެއްޓުމާއި ގުޅިގެން އެތަކެތި ނެންގުވުމަށް ސަރުކާރަށް ގޮވާލައްވަމުންނެވެ. އަދި އެ ބުދުތައް ނަގަން ސަރުކާރުން ނިންމުމުން އެކަމަށް ވެސް ބައެއް ދީނީ އިލްމުވެރިން ގެންދަވަނީ މަރުހަބާ ވިދާޅުވަމުންނެވެ.
މީގެ ދުވަސްކޮޅެއް ކުރިންވެސް ރާއްޖޭގެ ރިޒޯޓެއްގައި ބުދުތަކެއް ބެހެއްޓިއެވެ. ނަމަވެސް އެކަން މީޑިއާގެ ސަމާލުކަމަށް އައުމާއިއެކު އެ ރިޒޯޓުން ވަނީ ބުދުތައް ނަގާފައެވެ.
އެމައްސަލަ އާއި ގުޅިގެންވެސް ބުދުތައް އެތެރެކުރެވުނު ގޮތް ސަރުކާރުން ބުނެދީފައެއް ނުވެއެވެ. އެހެންކަމުން ފުރަތަމަ ކަމެއްގެ ގޮތުން ޤާނޫނުގައި މަނާ މިފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުން ހުއްޓުވުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ.
"Sh. Sirrufenfusheegai 'budhu' thakeh huri kamuge mauloomaathu Raeesuljumhooriyyaa ge ofeehah libumaai gulhigen dhannavan. Ethakethi negumuge masakkaiy @TourismMv aai e resort ge management aa gulhigen dhany kuriyah. Adhi mithakethi ekkoh negumuge masakkaiy maadhamaa ge
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) July 27, 2018
1/2