މިނިވަން ދުވަހުގެ ކުޅިވަރުތައް މާދަމާ ރެ އަށް ފަސްކޮށް, އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިނިވަން ދުވަހުގެ ކުޅިވަރުތައް މާދަމާ ރެ އަށް ފަސްކޮށް, އާދިއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި
މިނިވަން ދުވަހުގެ ކުޅިވަރުތައް ބޭއްވުން މާދަމާ ރެ އަށް ފަސްކޮށް, އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ހަމަޖައްސަވައިފިއެވެ.

ގަލޮޅު ދަނޑުގައި މިރޭ ބާއްވާގޮތަށް އޮތް ކުޅިވަރު ހަރަކާތް ފަސްކޮށްފައިވަނީ ހޯމް މިނިސްޓްރީ އިންނެވެ, ނަމަވެސް ސަބަބެއް އެ މިިސްޓްރީއަކުން ނުބުނެ އެވެ. މިކަމާގުޅިގެންް ސިފައިންނާއި ސްކޫލްތަކުގެ ކެޑޭޓުންނާއި ބޭންޑުގެ ޕެރޭޑް ވެސް ވަނީ ފަސްކޮށްފަ އެވެ.

ޕެރޭޑް މާދަމާ ހަވީރު ބާއްވަން ކުރިން ނިންމާފައި އޮތް ނަމަވެސް، ދެން އެ ހަރަކާތް ކުރިއަށް ގެންދާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިވަން ދުވަހުގެ ކުޅިވަރު އައިޓަމްތައް މާދަމާ ރެ އަށް ފަސްކޮށްފައިވާއިރު އަންނަ އާދިއްތަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިރޭ ވަނީ ހަމަޖައްސައިފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް ނިންމެވީ، މި އަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރުތައް މާދަމާ ރެ އަށް ފަސްކޮށްފައިވާތީ، ސަރުކާރުގެ މުވައްޒަފުންނަށާއި ސްކޫލްތަކުގެ ކުދިންނަށް ލުޔެއް ދެއްވުމުގެ ގޮތުން ކަމަށެވެ.



މިއަދު އޮންލައިން