ބުދުތައް ބެހެއްޓުމުގެ ޖަރީމާ ހިންގި ފަރާތްތަކާމެދު ފިޔަވަޅު ނާޅުއްވާނަމަ ނުފުދޭނެ- ޑރ. އިޔާޛް

ކިޔުމަށް ހޭދަވާނީ 1މ 22ސ
ބުދުތައް ބެހެއްޓުމުގެ ޖަރީމާ ހިންގި ފަރާތްތަކާމެދު ފިޔަވަޅު ނާޅުއްވާނަމަ ނުފުދޭނެ- ޑރ. އިޔާޛް
ތިމާވެށީގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ގެއްލުންތައް ދައްކާލުމުގެ ނަމުގައި އެކަން ސަމާލުކަމަށް ގެނައުމަށް ކަމަށް ބުނެ ށ. ސިއްރުފެންފުށީގެ މޫދުގައި ހަދާފައިވާ ގެލެރީއެއްގައި ބަހައްޓާފައި ހުރި ބުދުތަކެއް ނެގުމަށް ސަރުކާރުން ސަރުކާރުން މިހަރު އަންގާފައިވީ ނަމަވެސް، އެބުދުތައް ބެހެއްޓުމުގެ ޖަރީމާ ހިންގި ފަރާތްތަކާމެދު ފިޔަވަޅު ނާޅުއްވާނަމަ ނުފުދޭނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު ޢިޔާޛް ވިދާޅުވެއްޖެއެވެ.

މޫދުގައި ހެދުނު ގެލެރީގައި ބުދުތައް ބެހެއްޓުމުގެ ސަބަބުން ސަރުކާރަށް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެބުދުތައް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްްޤައްޔޫމް ޓޫރިޒަމް މިނިސްޓްރީ އަށް އަންގަވާފައިވާކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވަނީ އިއްޔެ ޓްވީޓު ކުރައްވާފައެވެ.

ބުދުތައް ނެގުމަށް އެންގެވި އަމުރަށް ޝުކުރު އަދާކުރައްވަމުން ޑރ. އިޔާޛް ވިދާޅުވެފައިވަނީ މިޖަރީމާ ހިންގި ފަރާތްތަކާއިމެދު ފިޔަވަޅު ނާޅުއްވާނަމަ ނުފުދޭނެ ކަމަށާއި ކުރިއަށް އޮތް މުސްތަޤުބަލުގައި މިފަދަ ކަންތައް ތަކުރާރުވިޔަ ނުދެއްވުމަށް އެދިލައްވާ ކަމަށެވެ.

މީގެ އިތުރުން ޑރ. އިޔާޛް ވިދާޅުވެފައިވަނީ މިއީ ވޯޓާއި ދިމާކޮށް ކުޅުއްވާ ޑްރާމާއަކަށް ނުހެއްދެވުމަށް ވެސް އެދިލައްވާ ކަމަށެވެ.




މިއަދު އޮންލައިން