ބ. އަތޮޅު ރައްޔިތުންގެ ތާއީދު ގުޅިފައިވާ ކޯލިޝަނަށް ލިބޭނެ: އަޢިޝަތު ނަހުލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ބ. އަތޮޅު ރައްޔިތުންގެ ތާއީދު ގުޅިފައިވާ ކޯލިޝަނަށް ލިބޭނެ: އަޢިޝަތު ނަހުލާ
ބ. އަތޮޅު ރައްޔިތުންގެ ތާއީދު، މާތްﷲ ވާގިފުޅާއިއެކު ގުޅިފައިވާ ކޯލިޝަނަށް ލިބޭނެ ކަމަށް ޖޭޕީގެ ކައުންސިލް މެންބަރު، ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމްގެ އަނބިކަނބަލުން އަޢިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

އައިޝަތު ނަހުލާ މިމޭރުމުން ވިދާޅުވެފައިވަނީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ބ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެން ފުރާވަޑައިގަންނަވަމުން ކުރެއްވެވި ޓްވީޓެއްގައެވެ.

ކޯލިޝަނުން ބ އަތޮޅަށް މިއަދު ފެށި ދަތުރުގައި އިބޫގެ އަރިއަހުގައި ރަނިންމޭޓް ފައިޞަލް ނަސީމް އާއި އެމްޕީ ޢަލީ ޙުސައިން އަދި ޖޭޕީގެ އިސް ނައިބްލީޑަރު ޑރ. ޙުސައިން ރަޝީދު ފަދަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އައިޝަތު ނަހުލާ ވަނީ 2013 ވަނަ އަަހަރުގެ ރިޔާސީ އިންތިޚާބުގައި ޤާސިމް އިބްރާހީމް ކުރެއްވެވި ބައެއް ދަތުރުފުޅުތަކުގައިވެސް ބައިވެރިވެވަޑައިގެންފައެވެ.



މިއަދު އޮންލައިން