ރިޔާސީ އިންތިޚާބުގަ ވާދަކުރަން 9 މީހަކު ފޯމް ނަގައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 57ސ
ރިޔާސީ އިންތިޚާބުގަ ވާދަކުރަން 9 މީހަކު ފޯމް ނަގައިފި
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން 9 މީހަކު ފޯމް ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް އާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. ޝަރީފް ފޯނަށް ޖަވާބު ނުދެއްވާތީ އެކަން ޔަޤީން ކުރެވޭނެ ގޮތެއް އަދި ނުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ބުނެފައިވަނީ 7 މީހަކު ފޯމް ނަގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ނޫ ޤާނޫނު އަސާސީ އިން ލިބިދީފައި އޮތް ދުވަސްވަރު ކެޔޮޅުންވެސް ކުރިމަތިލިއެވެ. ކުރިމަތިލާ ފަރާތްތަކަށް އެއިރު ފައިސާގެ އިނާމެއްވެސް ދެއެވެ. ކިތަންމެ ގިނަ ބައަކު ކުރިމަތިލި ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓް އެއިރު ހޮވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މަޖިލީހުން ކޮންމެ ފަހަރަކުވެސް ހޮވާފައިވަނީ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްއެވެ.

ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނަނީ ވަކިފަރާތްތަކުން ކުރިމަތިލި ނަމަވެސް ފުރުޞަތެއް ނުލިބޭނެ ކަމަށާއި ނަމަވެސް އެއްބުރުން އިންތިޚާބުގެ ވޯޓުލުން ނިންމައިލުމަށް، ނުވަތަ އެއްބުރުން ރައީސުލްޖުމްހޫރިއްޔާއަކު އިންތިޚާބުކުރުމަށް ފަހަރެއްގައި ހުރަސްއެޅުވިދާނެ ކަމަށެވެ.
މިއަދު އޮންލައިން