ބ.އޭދަފުށީ މަގުތަކުގައި ތާރައެޅުމަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފި

ކިޔުމަށް ހޭދަވާނީ 35ސ
ބ.އޭދަފުށީ މަގުތަކުގައި ތާރައެޅުމަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފި
ބ.އޭދަފުށީ މަގުތަކުގައި ތާރަ އެޅުމަށް ބޭނުންވާ ތަކެތި އެރަށަށް ގެންގޮސްފި ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.

އިއްޔެގެ ވަގުތެއްގައި އެތަކެތި ގެންދެވުނުކަމަށް އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަޙްމާން ވިދާޅުވިއެވެ. ނަމަވެސް ތާރަ އެޅުމުގެ މަސައްކަތް ފެށިގެންދާނެ ދުވަހެއް ނޭންގޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެރަށުގެ 15 މަގެއްގައި ތާރަ އަޅަން ނިންމަވާފައިވާއިރު މިހާރު ދަނީ ފަހު ދެ މަގު އެއްވަރުކުރުމުގެ މަސަށްކަތާއި ދުވާރުގެ ސައިޑްވޯކްތައް ހެދުމުގެ މަސައްކަތް ކަމަށް ވެސް ތޮލާލި ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިޔަށް ގެންދާ މިމަސައްކަތަކީ 33.2 މިލިއަން ރުފިޔާގެ މަސައްކަތެެކެެވެ.
މިއަދު އޮންލައިން