ފާނަބަސަންދު ޖެހިގެން މިއަހަރު އެންމެ ގިނަ ރިޕޯޓެއް ކޮއްފައިވަނީ ނިމިގެން ދިޔަ ޖޫން މަހުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނެފިއެވެ.
ފާންބަސަންދުގެ ހާލަތު ބަޔާންކޮށް އެޗް.ޕީ.އޭ އިން އާމުކޮއްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ފާނަބަސަންދު ޖެހިގެން ކޮއްފައިވާ ރިޕޯޓްތަށް އިތުރުވެފައި ވީނަމަވެސް ޖުލައި މަހު އެއަދަދު ދަށްވެފައިވާކަމަށެވެ.
މީގެ އިތުރުން އެޗް.ޕީ.އޭ އިން ބުނެފައިވަނީ ވޭތުވެ ދިޔަ އަހަރުތަކާ އަޅާބަލާއިރު މި އަހަރުގެ ޖޫންމަހުން ފެށިގެން ފާނަބަސަންދުގެ ރިޕޯޓްތަކުގެ އަދަދު އިތުރުކަމަށެވެ.
ފާނަބަސަންދުގެ އެންމެ ގިނަ ރިޕޯޓްތައް ކޮށްފައިވަނީ މާލެއާއި ވިލިމާލެ، ހުޅުމާލެ އަދި އައްޑޫސިޓީޣެ ރަށްތަކުން ކަމަށް ވެސް އެޗް.ޕީ.އޭ އިން ފާހަގަ ކޮއްފައިވެއެވެ.