މުސްލިމް ޤައުމުތައް ހަލާކުކުރަން އިސްލާމް ދީނާ ދެކޮޅު ޤައުމުތަކަށް ދިން ފުރުޞަތު ރާއްޖެއިން ނުދިނުމަށް ޑރ. ޝަހީމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
މުސްލިމް ޤައުމުތައް ހަލާކުކުރަން އިސްލާމް ދީނާ ދެކޮޅު ޤައުމުތަކަށް ދިން ފުރުޞަތު ރާއްޖެއިން ނުދިނުމަށް ޑރ. ޝަހީމް ގޮވާލައްވައިފި
މުސްލިމް ޤައުމުތައް ހަލާކުކުރަން އިސްލާމް ދީނާއި ދެކޮޅު ޤައުމުތަކަށް އެޤައުމުތަކުން ދިން ފުރުޞަތު ރާއްޖެއިން ނުދިނުމަށް ރައީސް ޢަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގޮވާލައްވައިފިއެވެ.

ޑރ. ޝަހީމް މިކަމަށް ގޮވާލެއްވީ ހުވަދުއަތޮޅު އުތުރުބުރީގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެގޮތުން އެމަނިކުފާނު ނިޞްބަތްވެވަޑައިގަންންވާ ރަށް، ގއ. މާމެންދޫގައި ރޭ ބޭއްވި ޖަލްސާއެއްގައެވެ.

ޑރ. ޝަހީމް ވިދާޅުވީ އިސްލާމް ދީނުގެ އަދާވާތްތެރިންނާއި ގުޅިވަޑައިގެން އުޅުއްވަން ބޭނުން ނުވާ ކަމަށެވެ. "އެއީ ގައުމަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއް. އިރާގް، ސީރިއާ ފަދަ އިސްލާމީ ގައުމުތައް ދީނާ ދެކޮޅު ގައުމުތަކުގެ ރޭވުންތަކުން ވަނީ ފަނާކޮށްފަ. އެފުރުޞަތު އެއްގޮތަކަށްވެސް ރާއްޖެއިން ދީގެން ނުވާނެ."

ޑރ. ޝަހީމް ވިދާޅުވީ އެމަނިކުފާނާއި އިދިކޮޅު އެއްވެސް ޕާޓީއެއް ނުއޮންނާނެ ކަމަށެވެ. އިދިކޮޅު ބައަކު ވެސް ނުތިބޭނެ ކަމަށެވެ. އަދި ދިވެހިރާއްޖެ ތަރައްޤީ ކުރައްވާނެ ކަމަށާއި އެމަސައްކަތަށްޓަކައި ހުރިހާ ރައްޔިތުން އެމަނިކުފާނުގެ ކޮޅަށް އަރަން އެދިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ސަރުކާރާ މިހާރު ޚިޔާލު ތަފާތު މީހުންވެސް އެމަނިކުފާނުގެ ކޮޅަށް އެރުމަށްވެސް ޑރ. ޝަހީމް އެދިވަޑައިގެންނެވިއެވެ.

ޑޜ. ޝަހީމް ވިދާޅުވީ މިދަތުރުފުޅުގައި ރައްޔިތުންގެ ވަރަށްބޮޑު ތަރުޙީބެއް ލިބިވަޑައިގެންނެވި ކަމަށާއި މިދަތުރުފުޅުން އެކަނިވެސް އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފި ކަމަށެވެ. މިދަތުރުފުޅުގެތެރެއިން ރައްޔިތުން އެދިފައިވާ ކަންކަން ރައީސް ޔާމީނަށް ހުށަހަޅުއްވާނެ ކަމަށާއި އެހުރިހާ ކަމެއްވެސް ރައީސް ޔާމީން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ލިބިވަދަިއިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ޑރ. ޝަހީމް ވިދާޅުވީ އިސްލާމް ދީނަށް ގެއްލުން ވާނެ ކަމެއް ރާއްޖޭގެ ރައީސް، ރައީސް ޔާމީން ނުކުރައްވާނެ ކަމަށާއި އެމަނިކުފާނުގެ އާއިލާ އަކީ ވެސް މާޒީގައި އިސްލާމް ދީނަށް ހިދުމަތް ކުރައްވާފައިވާ އާއިލާއެއް ކަމަށެވެ. އެމަނިކުފާނުގެ ބައްޕާފުޅު ޢަބްދުލްޤައްޔޫމް ސީދީ އަކީވެސް، އަދި އެމަނިކުފާންގެ އަނބިކަނބަލުން މަހާރެހެންދި ފާތިމަތު އިބްރާހިމްއަކީ ވެސް ވަރަށް ދީނަށް އިހުތިރާމް ކުރައްވާ ބޭފުޅުން ކަމަށާއި އެމަނިކުފާނުގެ ބޭފުޅުންނަކީވެސް އިސްލާމް ދީނަށް އިހުތިރާމް ކުރައްވާ، ގަދަރު ކުރައްވާ ބޭފުޅުން ކަމަށެވެ.

އެކަމުގެ ހެކި ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މީގެ ކުރިން ރާއްޖޭގައި ނެތް އެތައް ޚިދުމަތެއް ރައީސް ޔާމީން ވަނީ ފަށްޓަވާފައި ކަމަށާއި އެގޮތުން ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީއެއް އުފެއްދެވުމާއި އަރަބި އަދި އިސްލާމީ ތަޢްލީމް ޢާންމު ކުރެއްވުމުގެ އިތުރުން ދީނީ އެންމެ މަތީ ތައުލީމް ރާއްޖޭގައި ތިބެގެން ހާސިލް ކުރުމުގެ ފުރުސަތު ރައީސް ޔާމީން ހޯއްދަވައި ދެއްވާފައިވާ ކަމަށެވެ. ޚާއްޞަ ގޮތެއްގައި ކީރިތި ގުރުއާން ހިތުދަސް ކުރައްވާ ހާފިޡުންނަށް ގައުމީ ފެންވަރެއްގެ އިނާމް ދޭން ފެށީ މި ސަރުކާރުންކަން ޑރ. ޝަހީމް ވަނީ ފާހަގަކުރައްވައިފައެވެ.



މިއަދު އޮންލައިން