ގުޅިފއިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރަނިނމޭޓް ފައިޞަލް ނަސީމް ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއް މިއަދު ހަނދުނު ފަށްޓަވައިފިއެވެ.
ދަތުރުފުޅުގެ ތެރެއިން މިރޭ ބ. ތުޅާދޫގައި ޖަލްސާއެއް ބާއްވެވުމަށާއި މާދަމާރޭ ދަރަވަންދޫގައި ރައްޔިތުންނާއިއެކު ހަފްލާއެއް ބޭއްވެވުމަށް ވަނީ ހަމަޖެހިފައެވެ.
ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު އެނބުރި މާލެވަޑައިގަންނަވަން ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.