އިބޫގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
އިބޫގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގެންފި
ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ)ގެ ކެންޑިޑަސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިގަނެ ބަލައިގަތްކަމުގެ ލިޔުން ދޫކޮށްފިއެވެ.

އިބޫ އާއި ފައިޞަލް ފޯމް ހަވާލުކުރެއްވީ ޚާއްޞަ ރަސްމިއްޔާތެއްގެ ތެރެއިން މިމަހުގެ 26 ވަނަ ދުވަހުއެވެ. ޤާނޫނުގައި ބުނަނީ ފޯމް ބަލައިގަންނަތާ 48 ގަޑިއިރުގެ ތެރޭގައި އެކަމަށް ގޮތެއް ނިންމަން ޖެހޭ ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފޯމް ބަލައިގަތުމަށްފަހު އެކަން ބަޔާންކޮށް ޓްވީޓެއް ކޮށްފައެވެ.

ފޯމް ބަލައިގަތުމުން ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް އިބޫ އާއި ފައިޞަލަށް މިހާރު އެއްވެސް ހުރަހެއް އޮންނާނެ ކަމަކަށް ނުބެލެވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނަމުން ގެންދަނީ މިއަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ރަސްމީ ބަންދު ނޫން ދުވަހެއްގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބެވެ.



މިއަދު އޮންލައިން