ދޮގުވެރިންނަށް ކާމިޔާބެއް ނެތް - މިދީނުގަ ދޮގާ މަކަރު ވަނީ ޙަރާމްކުރައްވަވާފަ: ޝައިޚް ޢަލީ ޒައިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
ދޮގުވެރިންނަށް ކާމިޔާބެއް ނެތް - މިދީނުގަ ދޮގާ މަކަރު ވަނީ ޙަރާމްކުރައްވަވާފަ: ޝައިޚް ޢަލީ ޒައިދު
ދޮގުވެރިންނަށް ކާމިޔާބެއް ނެތް ކަމަށާއި އިސްލާމް ދީނުގައި ދޮގު ހެދުމާއި މަކަރު ހެދުން ﷲ ތަޢާލާ ވަނީ ޙަރާމްކުރައްވަވާފއި ކަމަށް އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް ޢަލީ ޒައިދުގެ ޓްވީޓްގައި މިއީ ކޮން ކަމަކާއި ގުޅިގެން ވިދާޅުވި ބަސްފުޅެއް ކަމަށް ބަޔާން ކުރައްވާފައެއް ނުވެއެވެ. އެހެންކަމުން ބެލެވެނީ މިއީ ދޮގު ހެދުމާއި މަކަރުހެދުން ޢާންމުވަމުންދާތީ އެކަންކަމުގެ ބޭނުންކޮށްގެން، ނުވަތަ އެކަންކަން ކޮށްގެން ދުނިޔަވީ މަންފާއެއް ޙާޞިލު ކުރެވުނު ނަމަވެސް އެއީ ހަޤީޤީ މަންފާއެއް ނޫން ބަޔާންކުރެއްވުމަށް ކުރެއްވި ޓްވީޓެއް ކަމަށެވެ.

ރާއްޖޭގައި ދޮގުހެދުން މިހާރު ޢާންމުވެފައިވާވަރުން ދުނިޔަވީ ކުދިކުދި މަންފާއަކަށްޓަކައި ޝަރީއަތުގެ މަޖިލިސްތަކުގައި ދޮގުހެކިދޭން ޖެހިލުންވާ މީހުން ވެސް ދަނީ މަދުވަމުންނެވެ. ގޮތް ނުއެނގޭ އިންޓެލިޖެންސް ރިޕޯޓްތަކުގެ މައްޗަށް ގިނަ ބައަކަށް ބޮޑެތި އަނިޔާތައް ލިބުން ވަނީ ޢާންމުވެފައެވެ.

ބޮޑެތި ކުށްތަކުގެ ތުހުމަތުކޮށް ހުރިހާ ހެކިތައް އެބަހުރިކަމަށްބުނެ މީހުން ހިފައި ހައްޔަރުކޮށް ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 6 މަސްފަހުން ކޯޓުން އެމީހުން މިނިވަން ކުރަމުން އެގެންދަނީ ލިބިފައި ހުރިކަމަށް ބުނި އެއްވެސް ހެއްކެއް ނެތިގެންކަން އެއީ މިއަދު ޢާންމުކޮށްފެންނަމުންދާ ކަމެކެވެ.

"އެންމެ ފަރުދަކަށވުރެ ޤައުމު އިސްވާނެ. ޤައުމަށްވުރެ އިސްލާމް ދީން އިސްވާނެ. ދޮގާ މަކަރާ މިއީ ނަހީވެގެންވާ ކަންކަން. ދޮގުވެރިންނަށް ކާމިޔާބެއް ނެތް. މިދީނުގަ ދޮގާ މަކަރު ވަނީ ޙަރާމްކުރައްވަވާފަ!"


މިއަދު އޮންލައިން