އެމަނިކުފާނު މިހެން ވިދާޅުވީ ޕާކިސްތާނުގެ އާންމު އިންތިޚާބު އިމްރާން ޚާންގެ ތަޙުރީކޭ އިންޞާފު ޕާޓީން ކާމިޔާބުކުރުމާއި ގުޅިގެން އިމްރާން ޚާނަށް މަރުހަބާ ދަންނަވާ އުރުދޫ ބަހުން ކުރައްވާފައިވާ ޓްވީޓެއްގައެވެ.
ޑރ ޖަމީލް ވަނީ ޕާކިސްތާނުގައި ނިމިގެންދިޔަ އާންމު އިންތިޚާބު ކާމިޔާބު ކުރުމާއި ގުޅިގެން އިމްރާން ޙާނަށް ހިތުގެ އަޑިން ތަހުނިޔާ ދަންނަވާކަމަށް ވިދާޅުވެފައެވެ.
އަދި މި އިންތިޚާބު ކާމިޔާބުވުމުގެ އަސްލަކީ ކޮރަޕްޝަނާއި ދެކޮޅަށް އިމްރާން ޚާން ކުރެއްވި މަސައްކަތުގެ ނަތީޖާކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. ޖަމީލް ވިދާޅުވީ ދިވެހި ރާއްޖޭގައި ދިވެހިންވެސް މިއަދު މަސައްކަތް ކުރަމުންދަނީ ކޮރަޕްޝަންގެ ބަވާއިން ދިވެހި ގައުމު ސަލާމަތްކުރުމަށްކަމަށެވެ.
މީގެ އިތުރަށް ޕާކިސްތާނުގައި ނިމިގެންދިޔަ އިންތިޚާބުގައި އިމްރާންގެ ތަޙުރީކޭ އިންޞާފު ޕާޓީން ހޯދާފައިވަނީ ތާރީޚީ ބޮޑު ކާމިޔާބެއްކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
ޕާކިސްތާނުގައި ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކާއި ދެކޮޅަށް ވަރުގަދަ ކެންޕެއިނެއް ކުރެއްވުމަށްފަހު އިމްރާންގެ ތަޙުރީކޭ އިންޞާފު ޕާޓީން އާންމު އިންތިޚާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން އެގައުމުގައި ދަނީ އުފާފާޅުކުރުމުގެ ހަރަކާތްތައް ބާއްވަމުންނެވެ.
އިންތިޚާބަށްފަހު އިމްރާން ޚާން ވިދާޅުވީ މީގެ 22 އަހަރު ދުވަސްކުރިން ފެށި މަސައްކަތް މިއަދު ކާމިޔާބުކުރެވުނީތީ އުފާކުރާކަމަށެވެ. އަދި ޕާކިސްތާނުގެ ރައްޔިތުން ނިންމާފައިވަނީ ތާރީޚީ ނިންމުމެއްކަމަށާ ރައްޔިތުން މާޔޫސްކޮށްނުލާނެކަމަށެވެ. މީގެ އިތުރަށް ޕާކިސްތާނުގައި ކެންސަރެއް ފަދައިން ފެތުރި، މުޅި ގައުމުގެ ބައިތުލްމާލުކަމުންދާ ކޮރަޕްޝަނާއި، ފަސާދައިގެ އަމަލުތައް ހުއްޓުވާނެކަމަށްވެސް އިމްރާން ޚާން ވަނީ ވައުދުވެވަޑައިގެންފައެވެ.
پاکستان #Pakistan 2018 کے جنرل الیکشن
— Mohamed Jameel Ahmed (@MJameelAhmed) July 27, 2018
میں تاریخ ساز کامیابی پر
پاکستان تحریک انصاف کے
چیئرمین عمران خان @ImranKhanPTI
کو دلی مبارک باد
پیش کرتا ھوں
آپ کو یہ جیت کرپشن کے خلاف آواز بلند کرنے پر ملی ھے
ھم بھی مالدیپ میں اسی طرح کرپشن کیخلاف کوشاں ھیں pic.twitter.com/37uJMZc2HY
ހަބަރު; ވީނިއުސް