ބުދު އެތެރެކޮށްދިނުން ފަދަ ކަންކަން ކުރާ މީހުންނަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ޑރ. ޝަހީމް ކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 58ސ
ބުދު އެތެރެކޮށްދިނުން ފަދަ ކަންކަން ކުރާ މީހުންނަށް ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ޑރ. ޝަހީމް ކުރައްވައިފި
ބުދު އެތެރެކޮށްދިނުން ފަދަ ކަންކަން ކުރާ މީހުންނަށް ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ފިޔަވަޅު އަޅާނެ ކަމުގެ އިޝާރާތެއް ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރައްވައިފިއެވެ.

ޑރ. ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ އިސްލާމީ ވަހުދަތު ދަމަހައްޓަވަން އަޅުއްވަންޖެހިވަޑައިގަންނަވާ އެންމެހައި ހަރުދަނާ ފިޔަވަޅުތައް ރައީސް ޔާމީން އަޅުއްވާނެ ކަމަށެވެ. އަދި އެކަމުގައި ރައީސް ޔާމީނަށް އެމަނިކުފާނު ފުރިހަމައަށް އިތުބާރުކުރައްވާ ކަމަށެވެ.

ޑރ. ޝަހީމް މިފަދަ ބަސްފުޅެއް ވިދާޅުވެފައިވަނީ ރާއްޖެއަށް ބުދު ފަދަ ތަކެތި އެތެރެކޮށްދޭ ބައަކު ހޯދައި ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް ދީނީ ޢީލްމުވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުން ސަރުކާރަށް ގޮވާލަމުން ގެންދާ ވަގުތެއްގައެވެ.

ރާއްޖޭގައި އިސްލާމީ ވަޙޫދަތު ދެމެހެއްޓުމަށްޓަކައި ބުދު ބެހެއްޓުން ފަދަ މުންކަރާތްތަކުން ޤައުމު ސަލމަތްކުރަންޖެހޭއިރު އެކަން ކުރެވޭނީ ބުދު ފަދަ އެހެންދީންތަކާއި ގުޅުންހުރި ތަކެތި ރާއްޖެއަށް އެތެރުކުރުން ހުއްޓުވައިގެންނެވެ. އެކަންކަން ހުއްޓުވޭނީ އެފަދަ ނުބައި އަމަލުތައް ކުރާ މީހުންނާއިމެދު އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުއަޅައިގެންނެވެ. އެހެންކަމުން ޑރ. ޝަހީމް އިޝާރާތްކުރައްވާފައިވަނީ މިފަދަ ަކންކަމާއި ގުޅިގެން ފޔަވަޅު އަޅަންޖެހޭ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަން ކަމުގައި ފާހަގަކުރެވެއެވެ.

ޑރ. ޝަހީމް ވަނީ ރައީސް ޔާމީނަށް އިތުބާރު ކުރެއްވުމަށް ޢިލްމްވެރިންނާއި ރައްޔިތުން އަރިހުން އަދަބުވެރިކަމާއެކު އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ބުނެފައިވަނީ ސިއްރުފެންފުށީގައި ބުދުތަކެއް ބެހެއްޓިކަމުގެ މައުލޫމާތު ސަރުކާރަށް ލިބުމާއި ގުޅިގެން 24 ގަޑިއިރު ތެރޭގައި އެބުދުތައް ނަގަން ސަރުކާރުން އަންގާފައިވާ ކަމަށެވެ.

"ރާއްޖޭގެ އިސްލާމީ ވަހުދަތު ދަމަހައްޓަވަން އަޅުއްވަންޖެހިވަޑައިގަންނަވާ އެންމެހާ ހަރުދަނާ ފިޔަވަޅުތައް ރައީސް ޔާމީން އަޅުއްވާނެ. ރައީސް ޔާމީނަށް އަޅުގަނޑު ފުރިހަމައަށް އިތުބާރުކުރަން. އަދި ރައީސް ޔާމީނަށް އިތުބާރު ކުރެއްވުމަށް ޢިލްމްވެރިންނާ ރައްޔިތުންގެ އަރިހުން އަދަބުވެރިކަމާއެކު އެދެން."




މިއަދު އޮންލައިން