އިބޫއަކީ ތަރައްޤީގެ ނަމުގައި ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން- ޝާހިދު

ކިޔުމަށް ހޭދަވާނީ 53ސ
އިބޫއަކީ ތަރައްޤީގެ ނަމުގައި ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން- ޝާހިދު
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިޙު (އިބޫ) އަކީ ތަރައްޤީގެ ނަމުގައި ވައްކަން ކުރައްވާނެ ބޭފުޅެއް ނޫން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވެރު އުތުރު ދާއިރާގެ މެންބަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އަބްދުﷲ ޝާހިދު މިހެން ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބ. ތުޅާދޫގައި މިހާރު ކުރިއަށް ގެންދާ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި އިދިކޮޅު ކެންޑިޑޭޓް އިބޫއަށް ސަނާ ކިޔުއްވަމުންނެވެ.



"އިބޫއަކީ ތެދުވެރި އިޚުލާސްތެރު ބޭފުޅެއް، ރާއްޖެ އެއްބައިވަންތަކޮށް، ފިތުނައާއި ފަސާދަ ނައްތާލަދޭނެ ލީޑަރަކީ އިބޫ" ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

މީގެއިތުރުން މަޖިލީހުގެ ކުރީގެ ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މިހާރުވެސް އިދިކޮޅު ފަރާތްތައް ބޮޑުތަނުން މޮޅުވެފައިވާ ކަމަށެވެ.

ޢަބްދުﷲ ޝާހިދު ވިދާޅުވީ އިސްލާހަށް ލޯބިކުރާ ކޮންމެ މީހަކު އެމީހެއްގެ ފަރުދީ ޒިންމާ އަދާ ކުރަން ޖެހޭ ކަމަށާއި ރީރެޖިސްޓަރ ކުރަން ޖެހޭ މީހުން އަވަހަށް ރީރެޖިސްޓަރ ކުރުމަށެވެ.

ޢަބްދުﷲ ޝާހިދުގެ ވާހަކަފުޅު (އޯޑިއޯ):
މިއަދު އޮންލައިން