އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީއު ވިދާޅުވީ ބާ އިމާރާތް ތަޅާލިއިރު ލޯގޯ އެތަނުގައި ބަހައްޓާފައިވަނީ ވެސް ލޯގޯ ބޭނުން ކުރުމުގެ މަޤުސަދުގައި ކަމަށާއި ލޭންޑް ސްކްރޭޕްކޮށް ނިމުމުން ސްކޫލަށް ވަންނަ ގޭޓު ކައިރީ ލޯގޯ އަލުން ބަހައްޓާނެ ކަމަށެވެ.
އަމީނިއްޔާ ސްކޫލުގެ ޒަމާންވީ ލޯގޯ ވާޖަހައިގެން ނަގަމުންދާ މަންޒަރުގެ ފޮޓޯ މިއަދު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެސްކޫލްގެ މުސްކުޅި ދަރިވަރުންނާއި އެތައް ބަޔަކު ވަނީ އެކަމާއި ނުރުހުން ފާޅު ކޮށްފައެވެ.