ބުދުތައް ބެހެއްޓީ ހުއްދަ ނަގައިގެނެއް ނޫން: ޒަމީރު - ބުދުތައް އެތެރެކުރަން ހުއްދަ ދިނީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 48ސ
ބުދުތައް ބެހެއްޓީ ހުއްދަ ނަގައިގެނެއް ނޫން: ޒަމީރު - ބުދުތައް އެތެރެކުރަން ހުއްދަ ދިނީ ކާކު؟
ސިއްރުފެންފުށި ރިޒޯޓުގައި ހެދި ބުދުކޯލުގައި ބަހެއްޓި ބުދުތައް ބެހެއްޓީ ސަރުކާރުގެ ހުއްދަ ނަގައިގެން ނޫން ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި ހަވާލާދީ ބައެއް ނޫސްތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. ޒަމީރުގެ ވާހަކަފުޅުގައި ހާމަކުރައްވާފައިވަނީ މޫދު އަޑި ފެންނަ ތަނެއް ހެދީ އެކަމަށް ހަދަންޖެހޭ އެސެސްމަންޓްތައް ހަދައިގެން ކަމަށެވެ. އަދި އެކަމުގެ ހުއްދަތައް ނަގާފައިވާއިރު ބުދުތަކެއް ބަހައްޓަން ހުއްދަ ނަގާފައި ނުވާ ކަމަށެވެ.

މިއީ ކަން ހިނގައިދިއަގޮތް ކަމަށްވެދާނެ ނަމަވެސް މިއިން އެއްވެސް ވާހަކައަކުން މައްސަލައިގެ އަސްލަށް އެއްވެސް ފަރުވާއެއް ނުލިބޭކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.



"ޑިޒަން ކުރީ ކޮންމެ ޤައުމެއްގެ އިންޖިނޭރެއް ނަމަވެސް، ބުދުތައް ބަހައްޓަން ރިޒޯޓުން ކިތަންމެ ބޭނުންވި ނަމަވެސް އެކަން ކުރެވުނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެތަކެތި އެތެރެކޮށްދިނީމާ. ބަލައިފާސްކުރަންޖެހޭ ކަސްޓަމްސްގެ އޮފިސަރުންނާއި ސިފައިން އެތަކެތި ދޫކުރިމާ. އެހެންވީމާ އެންމެ މުހިންމު ސުވާލަކީ އެތަކެތި ކަސްޓަމްސް އިން ދޫކުރީ ކާކުގެ ހުއްދައަކަށްތޯ؟ ހަމަގައިމުވެސް ކޮންމެވެސް ފަރާތަކުން އެޕްރޫވަލް ސޮއި ފޯމުގައި ކޮށް ނުދޭނަމަ، "ޗެކްޑް" ތައްގަނޑު ޖަހައި ނުދޭނަމަ އެ ބުދުތައް ރާއްޖެއަށް އެތެރެކޮށް ކަސްޓަމްސް ކްލިއަރަންސް ހޯދައިގެން ރިޒޯޓަށް ގެންގޮސް ބެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ"ކަން ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.

"ބުދު ބެހެއްޓީ ހުއްދަ ނަގައިގެން ނޫންކަމަށްވާއިރު ރިޒޯޓަށް އެތަކެތި ގެންދިއައީވެސް ވަގަށް ހެއްޔެވެ؟ އެއީ ސްމަގްލްކުރި ތަކެތި ހެއްޔެވެ؟ އެހެންކަމަށްވާނަމަ ސްމަގްލް ކުރި ބައަކާ ދައުވާ ނުކުރަނީ ކީއްވެގެން ހެއްޔެވެ؟" މިއީ ވެސް އުފެދޭ ސުވާލުތަކެވެ.

މިކަމާއި ގުޅިގެން މިފަދަ ސުވާލުތައް އިތުރުވަމުން އަންނަނީ މިއީ ފާއިތުވި ހައެއްކަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ރިޒޯޓެއްގައި މިފަދަ ބުދުތައް ބެހެއްޓި 2 ވަނަ ފަހަރު ކަމަށްވާތީއެވެ. ކުރީ ފަހަރު ބުދުތައް އެތެރެކޮށްދިން ފަރާތްތަކަށް ވެސް އެއްވެސް ފިޔަވަޅެއް ސަރުކާރުން އަޅާފައިވާކަން އެނގެން ނެތުމުންނެވެ.
މިއަދު އޮންލައިން