ރޭ ބަންޑުން ޖަހާލި ކަމަށް ބުނާ ލޯންޗް އަދިވެސް ނުފެނޭ .. !! އެއްވެސް އުޅަނދެއް ގެއްލިގެން ރިޕޯޓެއް ވެސް ނުކުރޭ !! އެމްއެންޑީއެފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރޭ ބަންޑުން ޖަހާލި ކަމަށް ބުނާ ލޯންޗް އަދިވެސް ނުފެނޭ .. !! އެއްވެސް އުޅަނދެއް ގެއްލިގެން ރިޕޯޓެއް ވެސް ނުކުރޭ !! އެމްއެންޑީއެފް
ކ.ވާދޫ ރިސޯޓު ކައިރިން ލޯންޗެއް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މާލެއިން ފުރައިގެން އަނަންތަރާ ރިސޯޓަށް ދަތުރުކުރަމުން ދިޔަ "ޝާހީ 3" ނަމަކަށް ކިޔާ ދޯންޏަކުން ރޭ 23:00 ހާއިރު އެވެ. އެފަރާތުން މަޢުލޫމާތު ދިން ގޮތުގައި، ބަންޑުން ޖަހާލާފައި އޮއްވައި ފެނުނު ލޯންޗުގައި އެއްވެސް މީހަކު ނެތެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަން އިން އެ ސަރަޙައްދަށް ގޮސް ބެލިބެލުމުން އެ ސަރަޙައްދުން، ބަންޑުން ޖަހާލާފައިވާ ލޯންޗެއް ފެނިފައެއް ނުވެއެވެ.

ލޯންޗު ބަންޑުން ޖަހާލި ކަމަށް ރިޕޯޓް ލިބިފައިވާ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ދަތުރު ކުރެއްވުމަށް އިލްތިމާސް ކުރެއެވެ

. އަދި މި ލޯންޗާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފްގެ ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވުމަށް ވެސް އެދެއެވެ

ކޯސްޓްގާޑަށް އެ ލޯންޗު ފެނިފައި ނުވާއިރު، އެއްވެސް އުޅަނދެއް ގެއްލިގެން އެމްއެމްއެންޑީއެފް ކޯސްޓްގާޑަށް މިހާތަނަށް އެއްވެސް ފަރާތަކުން ރިޕޯޓް ކޮށްފައެއް ނުވާ ކަމަށްވެސް ބުނިއެވެ .
މިއަދު އޮންލައިން