މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު ސިފައިންނާއި ސްކޫލްތަކުން ބައިވެރިވާނެ !!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 50ސ
މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު  ސިފައިންނާއި ސްކޫލްތަކުން  ބައިވެރިވާނެ !!
ދިވެހިރާއްޖޭގެ 53 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުންމުގައި މިއަދު ހަވީރު މާލޭސިޓީގައި އޮންނާނެއެވެ

ޝަރަފުގެ ހިނގާލުންމުގައި ދިވެހި ސިފައިންނާއި ސްކޫލް ތަކުން ބައިވެރިވާނެއެވެ .

ޝަރަފުގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވާނީ 16:00 ގައި އެވެ
ދިވެހި ސިފައިން ބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށެވެ.


ޝަރަފުގެ މިހިނގާލުމުގައި ހިލާލީގޭ ކުރިމަތީގައާއި، މަޖީދީމަގުން ކުރީގެ އޯޑިއޯން ހުރި ސަރަހައްދުގެ ކުރިމަތީގައާއި، ޗާންދަނީ މަގު ކަންމަތި އާއި ރަސްމީ ބޯޅަދަނޑު ކުރިމަތިން އަދި ސޯސަންމަގުން ސޯސަންގެ ކުރިމަތީ މަޑުކޮށް ސިފައިންނާ ސޮކޫލް ތަކުގެ ބޭންޑުގައި ރާގުތައް ކުޅޭނެއެވެ.

އުފާވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިންނާއި ސްކޫލް ތަކުން ބައިވެރިވާނެއެވެ.
މިއަދު އޮންލައިން