ރޭ ބަންޑުން ޖަހާލި ލޯންޗު ފެނިއްޖެ
ރޭ ބަންޑުން ޖަހާލި ލޯންޗު ފެނިއްޖެ އެވެ
ލޯންޗް ފެނުނީ ގުޅީ މަސްވެރިކަން ކުރަން ނިކުމެ އުޅުންނު ދޯންޏަކުންއެވެ
އެ ލޯންޗް ފެނުނު ކަމަށް ވަނީ އެބޫނދޫ ކަނޑު އޯޅިން އޮޔާ ދަނިކޮށް ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
މިހާރު އެ ލޯންޗް ގުޅިއަށް ވައްދައި ނެގުމުގެ މަސައްކަތް އެ ދޯނީގެ މީހުން ދަނީ ކުރަމުންނެވެ .އަދި އެ ލޯންޗް ފެނުނު އިރު ވެސް އޭގައި އެއްވެސް މީހަކު ނެތް ކަމަށް ދޯނި މީހުން މައުލޫމާތު ދިނެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ސްކޮޑަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 11:37 ގަ އެވެ . އަދި މި ލޯންޗާ ބެހޭ އިތުރު މަައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަމުގައި ބުންޏެވެ އެވެ .
މި ހާދިސާ ފުލުހުން ދަނީ ތަޙްްޤީޤް ކުރަމުން ނެވެ.