ޕިކަޕަކުން ޖެހި ދެ އަހަރު ގެ ކުޑަކުއްޖަކު ޒަހަމްވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 43ސ
ޕިކަޕަކުން ޖެހި ދެ އަހަރު ގެ  ކުޑަކުއްޖަކު ޒަހަމްވެއްޖެ
ހުޅުމާލޭގައި ވެމްކޯގެ ކުނި އުކާލާ ޕިކަޕަކުން ޖެހި ކުޑަކުއްޖަކު މިއަދު ޒަހަމްވެއްޖެ އެވެ.


މިއަދު ހެދުނު ހުޅުމާލެ ހޮސްޕިޓަލަށް ޕިކަޕަކުން ޖެހި އަނިޔާވީ އުމުރުން ދެ އަހަރުގެ ފިރިހެން ކުއްޖަކު ކަމަށެވެ.

އެ ކުއްޖާ އަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ހުލުމާލެ ހޮސްޕިޓަލުން މައުޅޫމާތު ލިބުނެވެ.

"ކުއްޖާ އަށް ކުދިކުދި އަނިޔާތަކެއް ލިބިފައި ހުރި ކަމަށާ ފަރުވާ ދިނުމަށް ފަހު، ދޫކޮށްލާނެކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި މި ކުއްޖާ ޖެހުނީ ވެމްކޯ އިން ކުނި އުކަން ބޭނުން ކުރާ ޕިކަޕެއްގާއި ކަމަށެވެ . ނަމަވެސް ފުލުހުން މި ހާދިސާ އާއި ގުލޭގޮތުން ހަމަ އެކަނި ބުނީ ހުޅުމާލޭ ހިތިގަސް މަގުގައި ހިނގި އެކްސިޑެންޓެއްގައި ޕިކަޕަކުން ޖެހި ކުއްޖަކު ޒަހަމްވި ކަމަށާއި އަދި އެ ޙާދިސާ ތަޙްޤީޤް ކުރަމުން ދާ ކަމަށްށެވެ .


މިއަދު އޮންލައިން