މިއަަހރުގެ މާރިޗް މަހުގެ 2 ވަނަ ދުވަހު ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޟް ހައްޔަރުުކޮށްގެން ގެންދިއައީ އެއްވެސް ޤާނޫނީ ބިނާއެއް ނެތިކަން ޔަޤީންކުރެވިފައިވާކަމަށް އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީީމުން މިއަދު ހާމަކޮށްފިއެވެ.
ޢަބްދުﷲ ރިޔާޟް ބަންދުގައި ބަހައްޓާތާ 150 ދުވަސް ހަަމވުމާއި ގުޅިގެން ނެރުނު ވކީލުންގެ ބަޔާނުގައި ބުނެފައިވަނީ ރިޔާޟް ހައްޔަރުކޮށްގެން ގެންދިއައީ ހައްޔަރުކުރި ސަބަބު ވެސް ބަޔާންނުކޮށް ކަމަށާއި ހައްޔަރު ކުރިތާ 12 ދުވަސްފަހުން ތުހުމަތުުތކެއް ކުރި ކަމަށެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެއިން އެއްވެސް ތުހުމަތެއްގެ މައްޗަށް ކޯޓުގައި ދައުވާ އުފުލާފައި ނުވުމުން ޢަބްދުﷲ ރިޔާޟް ހައްޔަރުުކޮށްގެން ގެންދިއައީ އެއްވެސް ޤާނޫނީ ބިނާއެއް ނެތިކަން ޔަޤީންކުރެވިފައިވާކަމަށެވެ.
ވަކީލުން ބުނެފައިވަނީ މިދިއަ އަަހރު ކޯޓަށް ހުށަހަޅާފައިވާ މުޅިން އެހެން ދައުވާއަކާއި ގުޅިގެން ކޯޓަށް ހާޒިރުކޮށް މާރިޗޗ މަހުގެ 18 ވަނަ ދުވަހު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޙުކުމްކުރި ކަމަށާއި އެ މައްސަލައަކީ އެމައްސަލައާއި ގުޅިގެން ރިޔާޟް ބަންދުގައި ނުބަހައްޓަން ކޯޓުން ނިންމާފައިވާ މައްސަލައެއް ކަމަށެވެ. އަދި އެދުވަހު މައްސަލަ އެގޮތަށް ނިންމެވީ ކުރިން މައްސަލަ ބެއްލެވި ފަނޑިޔާރުވެސް ނޫން ކަމަށާއި އަދި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ވަކީލަކާއިވެސް ނުލައި ކަމަށެވެ. އަދި އެޙުކުމް ކުރިތާ މިއަދަށް 4 މަހާއި 13 ދުވަސް ފުރިފައިވާއިރު ޝަރީއަތުގެ އިތުރު އަޑުއެހުމެއްވެސް ކުރިއަށް ނުގެންދާކަމަށެވެ.
ވަކީލުން ވިދާޅުވެފައިވަނީ ކަންކަން މިހެން ހުރިއިރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފްކުރި މައްސަލައެއްގައި ރިޔާޟްގެ މައްޗަށް 24 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވުމަކީވެސް ޙައިރާންކަން އިތުރުވި ސަބަބެއް ކަމަށެވެ. އަދި މިމައްސަލަ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކުރުމުން ހުކުމުގެ ތިންބައިކުޅަ ދެބައި ފާއިތުވި އިރުވެސް މައްސަލަ އެއްވެސް ވަރަކަށް ކުރިއަށް ނުގެންދާތީ ވެސް ވަކީލުން ވަނީ ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ.
ވަކީލުންގެ ބަޔާން: