އަނިޔާ ލިބެމުންދާ މީހުން ވަރަށް ގިނަ - އެންމެން އަނިޔާއިން ސަލާމަތް ކުރައްވާށި!: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
އަނިޔާ ލިބެމުންދާ މީހުން ވަރަށް ގިނަ - އެންމެން އަނިޔާއިން ސަލާމަތް ކުރައްވާށި!: ޤާސިމް
ރާއްޖޭގައި ޤާނޫނު އަސާސީ އާއި ޤާނޫނާއި ޚިލާފަށް އަނިޔާ ލިބެމުންދާ މީހުން ވަރަށް ގިނަ ކަމަށާއި އެގޮތުން އަނިޔާލިބެމުންދާ މީހުންގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އާއި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމް އާއި އަދާލަތުޕާޓީގެ ރައީސް ޝައިޚް އިމްރާން އާއި ތޮލްޙަތު އާއި ޑރ. ޖަމީލް އާއި އަމީން އިބްރާހީމް އާއި ޢަލީ ވަހީދު އާއި ޞަބާޙް އާއި އެތައް ވިޔަފާރިވެރިންނަކާއި އަދި އެތައް ޢާންމު ރައްޔިތުންވެސް ހިމެނޭ ކަމަށް ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިކަން ބަޔާންކުރައްވައި ޤާސިމް އިބްރާހީމް މިއަދު ކުރެއްވި ތްވީޓުގައި ވަނީ އަނިޔާ ލިބެމުންދާ އެންމެން ސަލާމަތްކޮށްދެއްވެވުން އެދިވަޑައިގެން ﷲ ތަޢާލާއަށް ދުޢާ ކުރައްވަވައިފައެވެ.

"ޤާނޫނު އަސާސީ އާ ޤާނޫނާ ޚިލާފަށް އަނިޔާ ލިބެމުންދާ މީހުން ވަރަށް ގިނަ. އެގޮތުން 2 ނާޒިމް އާ އަދާލަތުޕާޓީގެ ރައީސް ޝައިޚް އިމްރާން އާ ތޮލްޙަތު އާ ޑރ. ޖަމީލް އާ ޢަލީ ވަހީދު އާ ޞަބާޙް އާއި އެތައް ވިޔަފާރިވެރިންނެއްވެސް ހިމެނޭ އަދި އެތައް ޢާންމު ރައްޔިތުންވެސް ހިމެނޭ. ﷲ ސުބްހާނަހޫ ވަތާޢާލާ އެ އެންމެން ސަލާމަތް ކުރައްވަވާށި."


މިއަދު އޮންލައިން