ސިނަމާލެ ބްރިޖްގެ ބަސްދަތުރުތަކަށް އެމްޕީއެލް އިން ޑްރައިވަރުން ހޯދަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 34ސ
ސިނަމާލެ ބްރިޖްގެ ބަސްދަތުރުތަކަށް އެމްޕީއެލް އިން ޑްރައިވަރުން ހޯދަނީ
ސިނަމާލެ ބްރިޖްގެ ބަސްދަތުރުތަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 45 ޑްރައިވަރުން ހޯދަން އިއުލާނު ކޮށްފިއެވެ.

އެ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ބަސް ދުއްވާނެ 45 ޑްރައިވަރަކު ހޯދަން އިއުލާނު ކޮށްފައިވާނެ ކަމަށާޢި ކާރު އަދި ވޭން ދުއްވުމުގެ ލައިސަންސް އޮންނަ މީހުންނަށްވެސް މި ވަޒީފާއަށް ކުރިމަތިލެވޭނެކަމަށެވެ.

އޮފިޝަލަކު ވިދާޅުވީ މީގެތެރެއިން ވަޒީފާއަށް ހޮވޭ މީހުންނަށް ބަސް ދުއްވުމުގެ ލައިސަންސް ހޯދައިދޭން ޓްރެއިނިން ދޭނެކަމަށެވެ.

ބްރިޖުމަތިން ދަތުރުކުރުމަށް ގެންނަ ބަސްތަކުގެ ފުރަތަމަ ޝިޕްމަންޓު މިމަހު ގެންނާނެ ކަމަށް އެމްޕީއެލް ވަނީ މީގެ ކުރިން ވަނީ ބުނެފައެވެ.



މިއަދު އޮންލައިން