ރަށު ކައުންސިލްތައް ބާރުވެރިކުރީމާ ވިޔާނެ ފަން ލިބޭނެ - ދަނޑުވެރިންނަށާ މަސްވެރިންނަށް ޕެންޝަން ދޭނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ރަށު ކައުންސިލްތައް ބާރުވެރިކުރީމާ ވިޔާނެ ފަން ލިބޭނެ - ދަނޑުވެރިންނަށާ މަސްވެރިންނަށް ޕެންޝަން ދޭނަން: އިބޫ
ކޯލިޝަނުގެ ސަރުކާރުން ރަށު ކައުންސިލްތައް ބާރުވެރިކުރުވާނެ ކަމަށާއި ރަށު ކައުންސިލްތައް ބާރުވެރިކުރުވީމާ ފަންގި ވިޔާނެ ފަން ލިބޭނެ ކަމަށް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ބ. ކެންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ދާދި ދެންމެ އިބޫ ވިދާޅުވީ ރަށްތައް ކައިރީގައި ހުރި ފަޅުރަށްތަކުގެ ބެލެނިވެރިކަން ކައުންސިލްތަކަށް ދިނުމުން މިފަދަ ހުރިހާ މައްސަލަތަކެއް ޙައްލުވާނެ ކަމަށެވެ. ރައްޔިތުންނާއި ފަތުރުވެރިން ޕިކްނިކް ދާނެ ރަށެއްގެ ކަންތައްވެސް އެއިރުން ހަމަޖެހޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ ދަނޑުވެރިންނަށާއި މަސްވެރިންނަށް ޕެންޝަން ދެއްވާނެ ކަމަށާއި ދެއްވާނެ އުމުރާއި އަދަދު މެނިފެސްޓޯގެ ތަފްސީލްތަކާއިއެކު ހާމަކުރައްވާނެ ކަމަށެވެ.

އިބޫ ވިދާޅުވީ މިއީ އޮޅުވާލުމާއި ބިރުވެރިކަމުން ހައްދުފަހަނައަޅައިފައި އޮތް ސަރުކާރެއް ކަމަށެވެ. "ކުރިމަތިމިލަނީ އެކަންކަމުން ސަލާމަތްވުމަށް. ސަލާމަތް ވެވެން އޮތީ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން. ރައްޔިތުންގެ އެހީތެރިކަން ބޭނުންވަނީ ފުރަތަމަ ބުރުން ބޮޑު ތަފާތަކުން ކޯލިޝަން ކާމިޔާބުކުރަން." ކަމަށްވެސް އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން