ތ. ވިލުފުށި ސްކޫލްގެ ސްކައުޓުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ވިލުފުށި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެެންގޮސްފިއެވެ.
ވިލުފުށި ސްކޫލާއި ގުޅިގެން ޖުލައި 23ން 24ށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި، ޓީމް ބިލްޑް ކުރެވޭނީ ކިހިނެއްކަމާއި ޓީމެއްގައި ގުޅިގެން މަސައްކަތްކުރުމުން ކާމިޔާބީއަށް ވާސިލުވުމުގައި ހުރި ފަސޭހަތަކާ ބެހޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
އަދި މީގެއިތުރުން ލީޑަރެއްގެ ދައުރަކީ ކޮބައިކަމާއި، ކަންކަމުގައި އިސްނެގުމުގެ މުހިންމުކަމާއި، ރިވެތި އަދަބުތަކާއި، ރީތިބަހުން މުޢާމަލާތު ކުރުމުގެ އިތުރުން އެކަކު އަނެކަކަށް އިޚްތިރާމް ކުރުމުގެ މުހިންމުކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އަދި ޓީމްބިލްޑިންގ ޙަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް އަތޮޅުތަކުގައި މަސައްކަތްކުރާ ފުލުހުން ސިލްސިލާކޮށްދަނީ ހިންގަމުންނެވެ.
ޙަބަރު ޕޮލިސް