އިބޫ އާ ފައިސަލަކީ އިސްލާމް ދީނަށް ލޯބިކުރައްވާ، ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވާ ދެ ލީޑަރުން: ޝައިޚް އިލްޔާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިބޫ އާ ފައިސަލަކީ އިސްލާމް ދީނަށް ލޯބިކުރައްވާ، ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވާ ދެ ލީޑަރުން: ޝައިޚް އިލްޔާސް

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ރަނިންމޭޓް ފައިޞަލް ނަސީމަކީ އިސްލާމް ދީނަށް ލޯބިކުރައްވާ، ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވާ ދެ ލީޑަރުން ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވެފައިވަނީ މިއަަހރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ތާއީދު ކުރައްވަނީ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އަށާއި ރަނިންމޭޓް ފައިޞަލް ނަސީމށްކަން ބަޔާން ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ މި 2 ބޭފުޅުން ވެސް އިސްލާމް ދީނަށް ލޯބިކުރައްވާ ކަމަށާއި އަދި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވާ ކަމަށާއި ކިބުރުވެރިކަމާއި ބޮޑާ ކަމެއް އެ ދެ ބޭފުޅުންގެ ކިބައިން ފެނިފައި ނުވާ ކަމަށެވެ.

"އަޅުގަނޑު ތާއީދު ކުރަނީ ގުޅިފަވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރަނިންމޭޓް ފައިޞަލް ނަސީމަށޭ. މި 2 ބޭފުޅުން ވެސް އިސްލާމް ދީނަށް ލޯބިކުރައްވައެވެ. އަދި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދެއްވައެވެ. ކިބުރުވެރިކަމާ ބޮޑާ ކަމެއް ފެނިފައެއް ނުވެއެވެ. އިން ޝާ ﷲ ކާމިޔާބު ލިބޭނެ."



މިއަދު އޮންލައިން