ޕީޕީއެމްގެ ރައީސް ޖަލުގަ ބާއްވާ ސަބަބަށް ޕީޕީއެމްގެ މެންބަރުން ފުންކޮށް ވިސްނުމަށް ޢަލީ ޙުސައިން ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ޕީޕީއެމްގެ ރައީސް ޖަލުގަ ބާއްވާ ސަބަބަށް ޕީޕީއެމްގެ މެންބަރުން ފުންކޮށް ވިސްނުމަށް ޢަލީ ޙުސައިން ގޮވާލައްވައިފި

ޕީޕީއެމްގެ ރައީސް، ރައީސް މައުމޫން ޖަލުގައި ބާއްވާ ސަބަބާއިމެދު ފުންކޮށް ޕީޕީއެމްގެ ވިސްނުމަށް ޢަލީ ޙުސައިން ގޮވާލައްވައިފިއެވެ.

ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އަރިހުގައި ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަރިކިލު ރައްޔިތުންނާ މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޢަލީ ޙުސައިން ވިދާޅުވީ ރައީސް މައުމޫނަށް ރައީސް ޔާމީން އަނިޔާ ކުރައްވަވަން އުޅުއްވަވާކަމުގެ ވާހަކަ ދެއްކުމުން ކުރިން އޮތީ ޕީޕީއެމްގެ ބައެއް މެންބަރުންނަށް އެކަން ޤަބޫލުނުކުރެވިފައި ކަމަށެވެ.

ޢަލީ ޙުސައިން ވިދާޅުވީ މިވެރިކަން ގެނައުމަށް ގަދައަޅައި މަސައްކަތްކުރި އެންމެ އިސް ޕީޕީއެމްގެ މެންބަރުންގެ ތެރޭގަައި ކާނަލް ނާޒިމް ހިމެނިވަޑައިގަންނަވާ ކަމަށާއި ފުލުހުންގެ އަމިއްލަ ތަޙްޤީޤުން ނާޒިމަކީ ކުށެއް ކުރައްވައިގެން ހުންނެވި ބޭފުޅެއް ނޫންކަން ސާބިތުވެ އެކަން ހާމަކުރުމުން ވެސް ނާޒިމް ބަންދުގައި ބަހައްޓަނީ މިސަރުކާރަކީ ވަކި މީހަކަށް ބެލުމެއް ނެތި އެންމެންނަށް އަނިޔާވެރި ސަރުކާރަކަށްވާތީ ކަމަށެވެ.

ޢަލީ ހުސައިން ވިދާޅުވީ ޝައިޚް އިމްރާނަށާއި ޤާސިމް އިބްރާހީމް އަށްވެސް އަނިޔާކުރަމުން ގެންދަނީ އިންސާފުން ބޭރުން ކަމަށެވެ. އަދި ކިތަންމެ ވަރަކަށް އަނިޔާކުރި ނަމަވެސް އެ ބޭފުޅުން ތިއްބެވީ ރައްޔިތުންގެ ފަޅި ދޫކުރައްވަން ނޫން ކަމަށެވެ.

ޢަލީ ހުސައިން ވިދާޅުވީ އެއިރު ކުރެވުނު ތުހުމަތުތައް ހަޤީޤަތަކަށްވެފައިވާތަން މިހާރު ޕީޕީއެމްގެ މެންބަރުންނަށްވެސް ފެންނާނެ ކަމަށެވެ. އެހެންކަމުން މިއީ ވިސްނަން ޖެހިފައިވާ ކަންކަން ކަމަށެވެ.
މިއަދު އޮންލައިން