އިންސާފު ނުލިބިގެން މިއުޅެނީ ޖޭއެސްސީ ޒިންމާދާރު ނުވުމުން، ސްޕްރީމް ކޯޓުން އެހެން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
އިންސާފު ނުލިބިގެން މިއުޅެނީ ޖޭއެސްސީ ޒިންމާދާރު ނުވުމުން، ސްޕްރީމް ކޯޓުން އެހެން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ: އިބޫ

ދިވެހި ރައްޔިތުން މިއަދު އެންމެ ބޮޑަށް ބޭނުންވެގެން އުޅެނީ އަދުލު އިންސާފު ލިބުން ކަމަށާއި އިންސާފު ނުލިބިގެން މިއުޅެނީ ޤާނޫނީ ގޮތުން ހަވާލުކޮށްފައިވާ މަސްއޫލިއްޔަތަށް ޖޭއެސްސީ ޒިންމާދާރު ނުވުމުންނާއި ސްޕްރީމް ކޯޓުން އެހެން ކޯޓުތަކަށް ނުފޫޒު ފޯރުވާތީ ކަމަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ ރަސްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުލު ދައްކަވަމުން އިބޫ ވިދާޅުވީ ދިވެހި ރައްޔިތުން އެކުވެރިވުމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ ޢަދުލު އިންސާފު ނުލިބުން ކަމަށެވެ. އަދުލު އިންސާފަށް ރައްޔިތުންގެ އިތުބާރު ގެއްލުން ކަމަށެވެ.

އިބޫ ވިދާޅުވީ އިންސާފު ލިބުމާއިމެދު ގެއްލިފައިވާ އިތުބާރު އަލުން އަނބުރާ ހޯދަންޖެހޭ ކަމަށެވެ. އެކަމަށްޓަކައި ޤާނޫނު އަސާސީއަށް ވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. "ޖޭއެސްސީ އަށް ޒިންމާރުދާރުކަމާއެކު މަސައްކަތް ނުކުރެވިގެން އުޅެނީ ޖޭއެސްސީ އެކުލަވާލާފައިވާ އޮތް ގޮތުން ކަމަށްވެދާނެ. އެހެންވީމާ އެކަން ބަދަލުކުރަން އެބަޖެހޭ. ޤާނޫނުން ވާނީ ކޯޓުތަކަށް މިނިވަންކަން ދީފަ. ނަމަވެސް މިހާރު ހުރިހާ ކޯޓުަތަަކަށް ސްޕްރީމް ކޯޓުން އަމުރުކުރަމުން ގެންދަނީ. އެކަން ނުކުރެވޭނެ ގޮތް ހަދަން އެބަޖެހޭ." ކަމަށްވެސް އިބޫ ވިދާޅުވިއެވެ.

އިބޫ މިމޭރުމުން ވިދާޅުވެފައިވާއިރު ޖޭޕީގެ ބާނީ ޤާސިމް އިބްރާހީމް ވެސް ވަނީ ޖޭއެސްސީ މިހާރު އެކުލަވާލާފައި އޮންނަ ގޮތާއިމެދު ކަންބޮޑުވުން ފައުޅުކުރައްވައި ކޯލިޝަނުގެ ސަރުކާރެއްގައި ފުރަތަމަ ކަމެއްގެ ގޮތުން ޖޭއެސްސީއަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވެފައެވެ.
މިއަދު އޮންލައިން