ޤަޞްދުގަ އޮޅުވާލުމާ މަކަރު ހަދާކަމަށް "ތުހުމަތުވާ" ތަންތަނުން ވިސްނައި، އެކަން އިސްލާޙްކުރުމަށް ޝައިޚް ޢަލީ ޒައިދު ގޮވާލައްވައިފި
ޤަޞްދުގައި އޮޅުވާލުމާއި މަކަރު ހަދާކަމަށް ރައްޔިތުންނަށް ތުހުމަތުކުރެވޭ ތަންތަނުން މިކަމާއިމެދު ވިސްނައި، އެކަން އިސްލާޙްކުރުމަށް އައްޝައިޚް ޢަލީ ޒައިދު އެދިވަޑައިގެންފިއެވެ.
ޝައިޚް ޢަލީ ޒައިދު ވިދާޅުވީ މީހުންގެ ހައްޤުތަކާއި ކުޅުމަކީ މީހުން އެންމެ ރުޅި އަންނާނެ އެއް ސަބަބު ކަމަށާއި އެންމެންގެ ދުލުން ލިބޭ ލައުނަތަކީ ބޮޑު އެއްޗެއް ކަމަށެވެ.
"މީހުންގެ ހައްޤާ ކުޅުމަކީ މީހުން އެންމެ ރުޅި އަންނާނެ އެއް ސަބަބު. އެންމެންގެ ދުލުން ލިބޭ ލައުނަތަކީ ބޮޑު އެއްޗެއް!.
ޤަޞްދުގައި އޮޅުވާލުމާއި މަކަރު ހަދާކަމަށް "ތުހުމަތުވާ" ތަންތަނުން މިކަމާ ވިސްނައި، އެކަން އިސްލާޙްކުރުން އެދެން."