ރީރަޖިސްޓްރޭޝަންގެ މަސައްކަތްތައް ހުރިހާ ޕާޓިތަކުން ވެސް ކުރަމުންގެންދާއިރު،އީސީން ބުނެފައިވަނީ، ރީ ރަޖިސްޓާކުރުމުގެ ނަމުގައި އޮޅުވާލައިގެން ފޯމްތަކެއް ފުރުމުގެ މަސައްކަތް ބަޔަކު ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާޢި އީސީ އަށް ހުށަހެޅޭ ހުރިހާ ފޯމްތަކެއްގެ ސައްހަކަން ކަށަވަރު ކުރާނެ ކަމަށެވެ.
ފުލުހުންނާއެކު ބޭއްވި މިބައްދަލުކުރުމުގައި ރީ ރަޖިސްޓްރޭޝަން ފޯމްތަކުގެ ސައްހަކަން ކަށަވަރުކުރުމާ ބެހޭގޮތުން ފުލުހުންނާއި ވަނީ މަޝްވަރާކޮށްފަ އެވެ.
ދެހާސްތޭރައިގެ ރިޔާސީ އިންތިޚާބަށް ހުށަހެޅި ރީ-ރަޖިސްޓްރޭޝަން ފޯމުތަކުގެ އިނގިލީގެ ނިޝާން ސައްހަތޯ ބަލައިދިނީ ފުލުހުންނެވެ.
މިބައްދަލުވުމުގައި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފާއި އަލަށް އައްޔަން ކުރެއްވި މެމްބަރު އަލީ ނަޝާތެވެ. ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒުގެ އިތުރުން އެ މުއައްސަސާގެ އިސްވެރިންނެވެ.
Re-registration forms ge sahhakan kashavaru kurumaa gulheygothun Election commission in Maldives police service aai mashvaraa kohfi pic.twitter.com/Al2xNuwV1F
— Elections Commission (@ElectionsMv) July 30, 2018