އަޅުގަނޑަކީ ދައްކާ ވާހަކަ އޮޅޭ މީހެއް ނޫން: ރައީސް ޔާމީން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އަޅުގަނޑަކީ ދައްކާ ވާހަކަ އޮޅޭ މީހެއް ނޫން: ރައީސް ޔާމީން
ރައީސް ޢަބްދުﷲ ޔާމީން މިހާތަނަށް ދައްކަވާފައިވާ އެއްވެސް ވާހަކަފުޅަކީ އޮޅިވަޑައިގެން ދައްކަވާ ވާހަކަފުޅުތަކެއް ނޫން ކަމާއި އަދި މިހާރުވެސް ވާހަކަފުޅުތައް ދައްކަވަމުން ގެންދަވަނީ ސާބިތުކަންމަތީގައި ހުންނަވައިގެން ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވައިފިއެވެ.

ރައީސް ޢަބްދުﷲ ޔާމީން އާއި ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ދައްކަވާ ވާހަކަފުޅު އޮޅިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނަކީ ސާބިތުކަމާއިއެކު ވާހަކަފުޅު ދައްކަވަން އެއްވެސް އިރަކު ޖެހިލުންވެވަޑައިގަންނަވާ ބޭފުޅެއް ވެސް ނޫން ކަމަށެވެ. "އަޅުގަނޑަކީ ދައްކާ ވާހަކަ އޮޅޭ މީހެއް ނޫން."

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްއަކީ ކުރިން އޮތް ފިކުރެއް ނޫން ކަމަށާއި އެއީ އުފަންކުރުވި ފިކުރެއް ކަމަށެވެ. ޕީޕީއެމް އުފެއްދުމަށްޓަކައި ރައީސް މައުމޫން ހައެއްކަ މަސްވަންދެން ބައްދަލުވުންތައް ބޭއްވެވި ކަމަށާއި އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވީ ،7 8 މީހުން ކަމަށެވެ. އަދި އެއިގެ ތެރެއިން ޕީޕީއެމް އުފެއްދި ފިކުރުގައި މިހާތަނަށް ދެމިހުންނެވި ހަމައެކަނި ބޭފުޅަކީ އެމަނިކުފާނު ކަމަށެވެ. "ރައީސް މައުމޫނުވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އަޅުގަނޑު މިހެން މިދަންނަވަނީ."

ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމް އުފެއްދިއިރު އޮތް ބަދަހިކަން މިއަދާއި ހަމައަށް އޮތްނަމަ ބަލިކުރެވޭނެ ބައަކު ނުތިބޭނެ ކަމަށެވެ. ނަމަވެސް މައްސަލަތައް ކުރިމަތިވީ ހަމަ ޕީޕީއެމްގެ ތެރެއިން ކަމަށެވެ. އަދި މައްސަލަތައް ކުރިމަތިވީ އެއިރު ލީޑަރޝިޕްގައި ތިބި ބައަކު އެތިބީ އަމިއްލަ އެޖެންޑާތަކެއް ހިފައިގެން ކަމަށްވުމުން ކަމަށެވެ.
މިއަދު އޮންލައިން