މުޅި ރާއްޖެ ބޭނުންވަނީ ބަދަލަށް - އިރާދަފުޅާއެކު ބަދަލު ގެންނާނަން: އިބޫ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
މުޅި ރާއްޖެ ބޭނުންވަނީ ބަދަލަށް - އިރާދަފުޅާއެކު ބަދަލު ގެންނާނަން: އިބޫ
ސިޔާސީ ފިކުރަށް ނުބަލައި ތަރައްޤީއަށް މަސައްކަތްކުރީމައި ޤައުމު ތަރައްޤީ ކުރެވޭނެ ކަމަށް ގުޅިފައިވާ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) ވިދާޅުވެއްޖެއެވެ.

ބ. ކުޑަރިކިލު ރައްޔިތުންނާއި މުޚާޠަބު ކުރައްވަމުން މިއަދު އިބޫ ވިދާޅުވީ މުޅި ރާއްޖެ ވެސް ބޭނުންވަނީ ބަދަލަށް ކަމަށާއި މާތް ﷲ ގެ ވާގިފުޅާއިއެކު ރައްޔިތުން ބޭނުންވާ ބަދަލު ގެނެވޭނެ ކަމަށެވެ.

އިބޫ ވިޑާޅުވީ ގުޅިފައިވާ ކޯލިޝަނުގައި ހިމެނެނީ ތަފާތު ފިކުރުތަކުގެ ސިޔާސީ ޕާޓީތައް ކަމަށެވެ. އަދި ކުޑަރިކިލު ކައުންސިލުގައިވެސް ހިމެނެނީ ތަފާތު 3 ޕާޓީގެ ކައުންސިލަރުން ކަމަށެވެ. އެހެންކަމުން ސިޔާސީ ފިކުރު ތަފާތު ނަމަވެސް ގުޅިގެން މަސައްކަތްކުރުމުން ބޭނުންވާ ތަރައްޤީ ހޯދޭނެ ކަމަށެވެ. އެކަމުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ.

"ގުޅިފައިވާ ކޯލިޝަނުން އެކުގަ މަސައްކަތްކުރާތަން އިރާދަފުޅާއިއެކު ފެނިގެންދާނެ. އެކަމުގެ ފައިދާވެސް ރައްޔިތުންނަށް ލިބިގެންދާނެ."

އިބޫ ވިދާޅުވީ ކުރިމަތީގައި އޮތް ރިޔާސީ އިންތިޚާބަކީ ވަރަށް ބޮޑު ކަމެއް ކަމަށެވެ. ނަމަވެސް ރައްޔޔިތުން ގުޅިގެން މަސައްކަތް ކުރުމުން ކާމިޔާބުކުރެވޭނެ ކަމަށެވެ. "ވޯޓު އޮޅުވާލައިގެން ނަމަވެސް ކާމިޔާބުކުރާނެ ކަމަށް ބުނެ އެދައްކަނީ ބިރު. ބިރު ގަންނާކަށް ނުޖެހޭ. ވޯޓު ގުނަން ޖެހޭނީ ރައްޔިތުންގެ ކުރިމަތީގަ. މަސް ބާނައިގެން އައިސް އެންމެންގެ ކުރިމަތީގައި މަސް ބަހާއިރު ވެސް އޮޅުވައި ނުލެވޭނެ ފަދައިން ވޯޓުވެސް އޮޅުވައެއް ނުލެވޭނެ. އެކަން އަޅުގަނޑުމެން ކަށަވަރުކުރާނަން." އިބޫ ވިދާޅުވިއެވެ.
މިއަދު އޮންލައިން