ހުޅުލެއިން ހުޅުމާލެ އަށް ހަދާ ލިންކް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތްފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 41ސ
ހުޅުލެއިން ހުޅުމާލެ އަށް ހަދާ ލިންކް ރޯޑުގައި ތާރު އެޅުމުގެ މަސައްކަތްފަށައިފި
ސިނަމާލެ ބްރިޖާ ގުޅުވައިގެން ހުޅުލެއިން ހުޅުމާލެއަށް ހަދާ އާ ލިންކް ރޯޑުގައި ތާރު އަޅަންފަށައިފި އެވެ.

ލިންކް ރޯޑުގައި ބްރިޖް ކައިރިން ފެށިގެން ހުޅުލޭގެ މެދަކާ ހިސާބަށް މިހާރު ތާރު އަޅާފައިވާއިރު މިލިންކް ރޯޑު ހަދަން ހިއްކި ސަރަހައްދު ހިމާޔަތްކުރަން ލާ ތޮށީގެ މަސައްކަތް ވެސް ވަނީ ނިމެން ކައިރިވެފަ އެވެ.



ހުރިހާ ވައްތަރެއްގެ ވެހިކަލަކަށް ވެސް ދުއްވޭ ގޮތަށް ހުޅުލެ އިން ފެށިގެން ހުޅުމާލެ އަށް ހަދާ ލިންކް ރޯޑް ޑިޒައިންކޮށް ތަރައްގީ ކުރަން ޗައިނާގެ ހުނާން އިންޖިނިއަރިންއާ ހަވާލުކުރީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އަށެވެ.



ބުރިޖާ ގުޅުންހުރި ގިނަ މަސައްކަތްތަކެއް ބާރު ސްޕީޑްގައި ކުރަމުން ދާއިރު މާލެއިން ބުރިޖާ ގުޅޭ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މިއަދު އޮންލައިން