މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެސްޓީއޯއަށް ލިބުނު ފައިދާ 9.39 މިލިއަނަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެސްޓީއޯއަށް ލިބުނު ފައިދާ 9.39 މިލިއަނަށް!
މިއަހަރުގެ ފުރަތަމަ 6 މަސް ދުވަހު ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ)އަށް ލިބުނު ފައިދާ 93.9 މިލިއަން ރުފިޔާއަށް އަރައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ކާމިޔާބު، އެންމެ ގިނަ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދޭ ވިޔަފާރި ކުންފުނި އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާގޮތުން އަހަރުގެ ފުރަތަމަ ކްއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 46.6 މިލިޔަން ރުފިޔާއެވެ. ދެވަނަ ކްއާޓަރުގައި ވަނީ ކުންފުނީގެ ސާފު ފައިދާ 47.3 މިލިޔަން ރުފިޔާއަށް އިތުރުވެފައެވެ.

އެސްޓީއޯއަށް މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 2.2 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އަހަރުގެ ފުރަތަމަ ކްއާޓަރުގައިވެސް ލިބުނު އަދަދެވެ. ދެވަނަ ކްއާޓަރުގައި ކުންފުނި ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 93 މިލިޔަން ރުފިޔާ އެވެ.

އެސްޓީއޯ އިން ބުނެފައިވަނީ ކުންފުނީގެ ސާފު ފައިދާ ކުޑަވަނީ ރައްޔިތުންނަށް ބޭނުންވާ ކަރަންޓުގެ އަގު ހެޔޮ ކުރުމަށާއި އުޅަނދު ފަހަރަށް ބޭނުންވާ ތެޔޮ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށްޓައި ކުންފުނީގެ ފައިދާއިން ބޮޑުބައެއް ހޭދަކުރާތީ ކަމަށެވެ.

މިއަދު އޮންލައިން