ރާއްޖެ އަށް މީހުން ގެނައުމުގެ ބާރު އިމިގްރޭޝަން ކިބައިން ނަގާނަން: އިބޫ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ރާއްޖެ އަށް މީހުން ގެނައުމުގެ ބާރު އިމިގްރޭޝަން ކިބައިން ނަގާނަން: އިބޫ
ރާއްޖެ އަށް މީހުން ގެނައުމުގެ ޒިންމާތައް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މޯލްޑިވްސް އިމިގްރޭޝަންގެ ކިބައިން އަތުލާނެ ކަމަށް މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

ބާއަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުގައި ކަމަދޫގައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ "ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅޭ ބޭރު އެތައް ބައެއް އެބައުޅޭ. އޭގެ ސަބަބުން ދިވެހިންނަށް ލިބޭ ވަޒީފާގެ ފުރުސަތުތައް ގެއްލިގެންދާ ކަން އަޅުގަނޑުމެންނަށް ފާހަގަ ވަނީ. ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު އެއް ބަޔަކު ބުނާ ގޮތުން ނަމަ މިހާރު 300،000 އާ ގާތް ކުރާނެ,... އަޅުގަނޑުމެންގެ ސަރުކާރުގައި އިރާދަކުރެއްވިއްޔާ އެ ކަމަށް ހައްލެއް ގެނައުމުގެ ގޮތުން ފުރަތަމަ ކަމަކަށް ރާއްޖެ އަށް މީހުން ގެނައުމުގެ ބާރު އިމިގްރޭޝަން ކިބައިން ނަގާނަން." ކަމަށެވެ.

ރާއްޖޭގައި ބިދޭސީން ގިނަވުމުގެ މައްސަލަ ބޮޑުވެފައިވާއިރު ބިދޭސީން މުސާރައިގެ ގޮތުގައި ރާއްޖޭން ބޭރަށް މިދިޔަ އަހަރު 363 މިލިއަން ޑޮލަރު ފޮނުވާފައިވާ ކަމަށް 2015 ވަނައަހަރު މަރުކަޒީ ބޭންކް، އެމްއެމްއޭއިން ވަނީ ބުނެފައެވެ.
މިއަދު އޮންލައިން