ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއި ރައީސް ޢަބްދުﷲ ޔާމީން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކުގެ ޖަވާބު 23 ސެޕްޓެމްބަރުގައި ރައްޔިތުން ދޭނެ ކަމަށާއި ރައްޔިތުންގެ ޖަވާބު ޤަބޫލުފުޅު ކުރައްވަން ތައްޔާރަށް ހުންނެވުން އެދިވަޑައިގަންނަވާ ކަމަށް އިބޫ ވިދާޅުވެއްޖެއެވެ.
ބ. އަތޮޅުގެ 7 ރަށަށް ކުރެއްވެވި ދަތުރުފުޅު ނިންމަވައިލެއްވެވުމަށްފަހު މާލެ ވަޑައިގެން އިބޫ ވިދާޅުވީ ރައީސް ޔާމީން ކުރައްވަން ބޭނުންފުޅުވާ ސުވާލުތަކުގެ ޖަވާބު ރައްޔިތުންގެ ކިބައިން 23 ޑިސެމްބަރުގައި ލިބިގެންދާނެ ކަމަށެވެ.
އިބޫ ވިދާޅުވީ 23 ޑިސެމްބަރުގައި ނަގާ ވޯޓް ގުޅިފައިވާ ކޯލިޝަނަށް ވަރަށް ފުރިހަމައަށް ކާމިޔާބުކުރެއްވޭނެކަން ދަތުރުފުޅުގެ ސަބަބުން އެނގިވަޑައިގެންފި ކަމަށެވެ. "ރައްޔިތުން އެދިގެން ތިބި ބަދަލު ގެނެވޭނެކަން މިދަތުރުން ވަރަށް ރަނގަޅަށް ޔަޤީން ކުރެވިއްޖެ."
އިބޫ ވިދާޅުވީ ވަޑައިގެންނެވި ކޮންމެ ރަށެއްގައިވެސް ވައުދުތައް ވެވަޑައިގެންފައިވާނީ ދައުލަތަށް މިހާރުވެސް ލިބޭ އާމްދނީގެތެރެއިން ފުއްދަވައި ދެއްވޭނެ ވަރަށް ކަމަށެވެ. އެހެންކަމުން ވައުދުތައް ފުރިހަމަނުވެގެން އުޅެން ރައްޔިތުންނަށް ނުޖެހޭނެ ކަމަށެވެ.