މުރުތައްދުވާ މީހުންގެ އަދަބަކީ ތައުބާ ނުވެއްޖެނަމަ މެރުން- ވަލިއްޔުލްއަމްރް އެކަން ބަލަހައްޓަންޖެހޭނެ: ޑރ. އިޔާޟް / ޢަލީީ ޒައިދު
މުރުތައްދުވާ މީހުންގެ އަދަބަކީ ތައުބާ ލައިދިނުމަށްފަހު ތައުބާ ނުވެއްޖެނަމަ މެރުން ކަމަށާއި ވަލިއްޔުލްއަމްރް އެކަން ބަލަހައްޓަންޖެހޭނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް އާއި އައްޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޟް މިމޭރުމުން ވިދާޅުވީ "ދީން ދޫކުރާ މުސްލިމުންނަށް ދޭންޖެހޭ އަދަބެއް އިސްލާމް ދީނުގައި އޮވޭތޯ އާއި އޮންނަނަމަ އެ އެދަބަކީ ކޮބައިތޯ އާއި އެ އަދަބު ދެވޭކަން ވަލިއްޔުލްއަމްރް ބަލަން ޖެހޭނެތޯ؟" ދެންނެވި ސުވާލެއްގެ ޖަވާބުގައެވެ.
ހަމަ މިސުވާލުގެ ޖަވާބުގައި އައްޝައިޚް ޢަލީ ޒައިދު ވެސް ޖަވާބު ދެއްވާފައިވަނީ ހަމަ މިފަދަ މޭރުމަކުންނެވެ. ޝައިޚް ޢަލީ ޒައިދު ވިދާޅުވީ "ދީން ދޫކުރާ މީހުންނަށް ތައުބާ ލައިދިނުމަށްފަހުވެސް އެނބުރި ނާތުވެއްޖިއްޔާ ޤަތުލު އޮތީ. އަދި އަދަބު ދޭންޖެހޭ މީހުންނަށް އަދަބު ދެވޭތޯ ބެލުމީ ވަލިއްޔުލްއަމްރުގެ ޒިންމާއެއް." ކަމަށެވެ.
މިއަދުނޫހުން މި ސުވާލު ވާނީ ދީނީ 4 ޢިލްމުވެރިއަކަށް ހުށަހަޅައިފައެވެ. ދެން ހުށަހެޅި ޢިލްމްވެރިން ޖަވާބު ދެއްވައިފިނަމަ އެބޭފުޅުންގެ ޖަވާބުވެސް ޝާއިޢުކުރާނަމެވެ.
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ "ރާއްޖޭގައި ﷲ ތަޢާލާއަށް ޝަރީކުކުރާ މީހުން ގިނަވެއްޖެ ކަމަށާއި ދަރިން އިސްލާމް ދީން ދޫކުރުމުގެ ސަބަބުން މައިން ބަފައިންގެ މުދަލުން ވާރުތަ ނުވާނެ އެތައް ދަރިންނެއް ދިވެހިންގެ ތެރޭގައި އެބަތިބިކަން އިއުލާނުކުރައްވައިފައެވެ.