ސީސީޓީވީކެެރާތަކަށް ހުރަސްއެޅޭ ގޮތަށް ކެންޕޭނު ބެނާ ނުދެމުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފުލުހުން މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ ސީސީޓީވީކެމެރާތަކަށް މަންޒަރު ނުފެންނަ ގޮތަށް ބައެއް ފަރާތްތަކުން ކެންޕޭން ދިދަފަތިތައް ދަމާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ފުލުހުން ބުނެފައިވަނީ ސީސީޓީވީ ކެމެރާތައް ހަރުކޮށްފައި ވަނީ މާލޭގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް ކަމަށާއި އެކަމަށް ހުރަސް އެލޭ ގޮތަށް އެއްވެސް ކަމެއް ނުކުރުމަށް އެދޭ ކަމަށެވެ.
Press Statement: PMC/2018/17 pic.twitter.com/NLxszh9kk5
— Maldives Police (@PoliceMv) July 31, 2018