ގއ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 44ސ
ގއ. އަތޮޅު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންނަށް ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
ތަފާތު އެކި މައްސަލަތަކާ ގުޅިގެން ގއ. އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވާ މީހުންނަށް ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަންގައި ޖުލައި 28ވަނަ ދުވަހު ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި ދީނީ ނަސޭޙަތް ދެއްވާފައިވަނީ އައްޝެއިޚް އިލިޔާސް ޖަމާލުއެވެ.

މަދަރުސްގައި އިސްލާމްދީނުގައި ފަރުޟު ކުރައްވާފައިވާ އަޅުކަންތައްތައް އަދާކުރުމަށް އިސްލާމްދީން ބާރުއަޅާ މިންވަރާއި، ކުށްތަކަށް އަރައިގަތުމުގެ ނުބައިކަމާއި، ހެޔޮލަފާ ރަނގަޅު މީހެއްގެ ކިބައިގައި ހުންނަންވާނެ ސިފަތަކާއި، ރަނގަޅު ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދިއުމަށް އިސްލާމްދީން ބާރުއަޅާމިންވަރާއި، ހެޔޮލަފާ މީހެއްގެ ގޮތުގައި ދިރިއުޅުން ކުރިއަށް ގެންދާނެ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން