ރިޝްވަތަކީ ކުށަކަށް ނުވާނަމަ ކަންކަން ކުރެވޭނީ ހަމައެކަނި ރިޝްވަތު ދެވޭވަރުގެ މީހުންނަށް. އެހެން އެންމެން ވާނީ ބާކީ: އޭކޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރިޝްވަތަކީ ކުށަކަށް ނުވާނަމަ ކަންކަން ކުރެވޭނީ ހަމައެކަނި ރިޝްވަތު ދެވޭވަރުގެ މީހުންނަށް. އެހެން އެންމެން ވާނީ ބާކީ: އޭކޭ

ރިޝްވަތަކީ ކުށަކަށް ނުވާނަމަ ކަންކަން ކުރެވޭނީ ހަމައެކަނި ރިޝްވަތު ދެވޭވަރުގެ މީހުންނަށް ކަމަށް ދިގު މުއްދަތެއްގައި ދިވެހި ދައުލަތަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢަބްދުއްﷲ ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ކަމާލުއްދީން ވިދާޅުވީ ރިޝްވަތަކީ (ރިޝްވަތުު ދިނުމާއި ރިޝްވަތު ހިފުމަކީ) ކުށަކަށް ނުވާނަމަ ކަންކަން ކުރެވޭނީ ހަމައެކަނި ރިޝްވަތު ދެވޭވަރުގެ މީހުންނަށް ކަމަށާއި އެހެން ހުރިހާ އެންމެން ބާކީވެ ބޭކާރުވާނެ ކަމަށެވެ.

ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ ކުށެއް ނޫން ކަމަށް ޤާނޫނުލްޢްޤޫބާތުގައި ބަޔާންކުރާ ގޮތަށް ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހަލާފައިވަނިކޮށް ޢަބްދުﷲ ކއމާލުއްދީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަކީ ރައްޔިތުންނާއި ޤައުމާއިމެދު ކިރިޔާ ވިސްނާ ބައަކު ނަމަވެސް ކުރަން އުޅޭ ކަހަލަ ކަމެއް ނޫން ކަމަށެވެ.

"ރިޝްވަތަކީ ކުށަކަށް ނުވާނަމަ ކަންކަން ކުރެވޭނީ ހަމައެކަނި ރިޝްވަތު ދެވޭވަރުގެ މީހުންނަށް. އެހެން ހުރިހާ އެންމެން ބާކީވެ ބޭކާރުވާނެ. ރައްޔިތުންނާ ޤައުމާމެދު ކިރިޔާ ވިސްނާ ބައަކު ނަމަވެސް ކުރަން އުޅޭ ކަހަލަ ކަމެއް ނޫން."





މިއަދު އޮންލައިން