ރީ-ރެޖިސްޓްރޭޝަން ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފި
މިއަހަަރުގެ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރީރެޖިސްޓްރީ ކުރަން ބޭނުންވާ މީހުންގެ ރީރެޖިސްޓްރޭޝަން ފޯމު ބަލައިގަތުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) މައުލޫމާތު ދީފައިވާ ގޮތުގައި އިންތިޙާބީ މައިމަރުކަޒު (ބާޖަމާލުއްދީން) ގައި ހޯމަ ދުވަހުން ފެށިގެން ރީރެޖިސްޓްރޭޝަން ފޯމުތައް ބަލައިގަންނަމުން ދަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ހަވީރު 17:00 އަށް ކަމަށެވެ. ހުކުރު ދުވަހު ފޯމުތައް ބަލައިގަންނަނީ މެންދުރުފަހު 15:00 އިން ހަވީރު 17:00 އަށް ކަމަށް އީސީ އިން ބުނެފައިވެއެވެ.
ހުކުރު ދުވަސް ފިޔަވާ އެހެނިހެން ރަސްމީ ބަންދު ދުވަސް ތަކުގައި ހެނދުނު 9:30 އިން ހަވީރު 17:00 އަށް ފޯމުތައް ބަލައިގަންނަމުން ދާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެއެވެ.
އީސީ އިން ހާމަކޮށްފައިވާ ގޮތުގައި ރީރެޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ އެންމެ ފަހު މުއްދަތަކީ މިފެށޭ އޯގަސްޓް މަހުގެ 11 ވާ ހޮނިހިރު ދުވަހުގެ ހަވީރު 17:00 އާއި ހަމައަށެވެ.