އެންމެންގެ ބޭންކް، ބީއެމްއެލް އިން އަނެއްކާވެސް "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ހޯދައިފި
ދިވެހިރާއްޖޭގެ ޤައުމީ ބޭންކް (ބީއެމްއެލް) އިން އަނެއްކާވެސް "އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ހޯދައިފިއެވެ. މި އެވޯޑް މިދިއަ އަހަރުވެސް ލިބިފައިވުމާއިއެކު މިއީ މަސައްކަތް ކުރަން އެންމެ ރަނގަޅު އޭސިއާގެ ކުންފުނިތަކަށް ދޭ މި އެވޯޑް ބީއެމްއެލް އަށް ލިބުނު ދެވއނއ ފއހއރެވެ.
ބީއެމްއެލް އިން މިއަދު ޢާންމުކުރި ބަޔާނުގައި ބުނެފައިވަނީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގް އިންސްޓިޓިއުޓް އިން ދޭ މި އެވޯޑު އެބޭންކަށް ލިބުނީ މުވައްޒަފުންގެ ކަންކަމުގައި ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ގެންގުޅޭ އުސޫލްތަކާއި ގުޅިގެން ކަމަށެވެ.
މިއެވޯޑް ދީފައިވަނީ އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވެ ސިންގަޕޫރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
ބޭންކުގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައި ވަނީ ބޭންކުގެ ޑައިރެކްޓަރު ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދާއި އިންޓަރނަލް ކޮމިޔުނިކޭޝަންސް މެނޭޖާ ފާތިމަތު މައިޝާ އާދަމްއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވީ ބީއެމްއެލް އިން މުވައްޒިފުން ބިނާކޮށް އިންސާނީ ވަސީލަތްތައް ކުރިއަރުވައި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ޚިދުމަތް ދޭން މަސައްކަތް ކުރަނީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މުއައްސަސާތައް ނަމޫނާއަކަށް ބަލައިގެން ކަމަށެވެ.
ކުރު މުއްދަތެއްގައި ބީއެމްއެލް އިން ބޮޑެތި ކާމިޔާބީތައް މިހާރުވެސް ޙާޞިލުކޮށްފައިވާއިރު އެބޭންކުގެ ގޮތްޕެއް ރާއްޖެއިން ބޭރުގައި ހުޅުވަން ގެންދަނީ މަސައްކަތް ކުރަމުންނެވެ.