ގާނޫނީ ވަކީލުކަމުގެ ހުވާ 181 މީހަކަށް ލައިދެއްވައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
 ގާނޫނީ ވަކީލުކަމުގެ ހުވާ 181 މީހަކަށް ލައިދެއްވައިފި

ގާނޫނީ ވަކީލުން ހުވާ ކުރުމަށް ޓަކައި ރޭ ބޭއްވި ރަސްމިއްޔާތުގައި 181 މީހުން ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފިއެވެ ހުވާ ލައިދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ އެވެ.

އެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދައުލަތުގެ ބަންޑާރަނައިބުގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއާ ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ދައުލަތުގެ ބަންޑާރަނައިބު އޮފީހުގެ ގާނޫނީ ވަކީލުންނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ބޭފުޅުންނަށް ދިވެހިރާއްޖޭގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ޙަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު ޢަބްދުﷲ ދީދީ އާއި ދައުލަތުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢަބްދުﷲ ޢަރީފް އާއި އާދަމް މުޙައްމަދު ޢަބްދުﷲ އާއި ޢަބްދުﷲ ދީދީ ގެ އިތުރުން، ޢަބްދުލްޣަނީ މުޙައްމަދު އެވެ.

އެ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ދައުލަތުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް ޤާނޫނީ ވަކީލުކަމުގެ ހުވާކުރެއްވި ވަކީލުންނާ މުޚާތަބުކުރައްވައި ވާހަކަފުޅުދެއްކެވި އެވެ.

މިއަދު އޮންލައިން