ރިޝްވަތަކީ އިސްލާމް ދީނުގަ ބޮޑު ކުށެއް- ކުށެއް ނޫންކަމަށް ކަނޑަަޅާނީ ކިހިނެއް؟ ފައިޞަލް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ރިޝްވަތަކީ އިސްލާމް ދީނުގަ ބޮޑު ކުށެއް- ކުށެއް ނޫންކަމަށް ކަނޑަަޅާނީ ކިހިނެއް؟ ފައިޞަލް

ރިޝްވަތަކީ (ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމަކީ) އިސްލާމް ދީނުގައި ބަޔާންވެގެންވާ ބޮޑު ކުށެއް ކަމަށްވާއިރު ސައްތައިން ސައްތަ މުސްލިމް ދިވެހިރާއްޖޭގައި އެއީ ކުށެއް ނޫންކަމަށް ކަނޑަަޅާނީ ކިހިނަކުންތޯ ކޯލިޝަނުގެ ރަނިންމޭޓް ފައިޞަލް ނަސީމް ސުވާލު އުފައްދަވައިފިއެވެ.

ސަރުކާރު ހިންގާ ޕީޕީއެމުން ބާއްވާ ރެލީތަކުގައި ބުނެ އަޑު އުފުލަނީ ރާއްޖޭގައި އިސްލާމް ދީން ހިމާޔަތްކުރެވޭނީ އަދި އެކަން ކުރާނީ ޕީޕީއެމުން ކަމަށް ނަމަވެސް ޤާނޫނުލްއުޤޫބާތައް ސަރުކާރުން ހުށަހެޅި އިޞްލާޙްތަކުގައި ރިޝްވަތަކީ ކުށެއް ކަމަށް ކަނޑައަޅާފައި ނުވުމުން ސަރުކާރުން ބޭނުންވަނީ ރިޝްވަތަކީ ރާއްޖޭގައި ހުއްދަ އެއްޗަކަށް ހަދަންކަން ފައިޞަލް ވަނީ ފާހަގަކުރައްވައިފައެވެ.
ފައިޞަލް ވިދާޅުވީ ރިޝްވަތުގެ މައްސަލަތަކުގައި ދައުވާ ނުކުރަން ދައުލަތުން ނިންމާއިރު ރާއްޖެ މިހާރު މިވަނީ ރިޝްވަތުގެ ޙާއްޔަކަށްވާން ކައިރިވެފައެވެ.

ފައިޞަލް މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު ސަރުކާރުގެ އިދާރާތައް އޮޑިޓްކުރެއްވުމަށްފަހު އޮޑިޓަރ ޖެނެރަލް ނެރުއްވާ ރިޕޯޓްތަކުގައި ރިޝްވަތުގެ ގިނަ މައްސަލަތައް ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ގުޅިގެން ރިޝްވަތުގެ ތުހުމަތުތައް ދަނީ ކުރެވެމުންނެވެ.

ޓާޓާ ކުންފުނިން މާލޭގައި އިމާރާތްކޮށްފައިވާ 3 ކޮޓަރީގެ ފްލެޓަކަށް މިލިއަނެއްހައި ރުފިޔާ ޚަރަދުވެފައިވާއިރު ސްކޫލްތަކުގައި ހަމައެކަނި 4 ފާރު ރާނައިގެން އަޅާ ކްލާސް ރޫމެއްގެ އަގު 1.3 މިިއަން ރުފިޔާއަށް އަރާފައި ހުންނާތީ ރައްޔިތުން ދަނީ ބޮޑެތި ސުވާލުތައް އުފައްދަމުންނެވެ.

ރިޝްވަތަކީ ކުށެއް ނޫންކަމަށް ކަނޑައަޅަން ސަރުކާރުން ހުށަހަޅާފައިވާ ބިލާއިމެދު ކަންބޮޑުވެވަޑައިގެން ފައިޞަލް މިއަދު ވާހަކަފުޅު ދެއްކެވީ އދ އަތޮޅަސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހަންޏާމީދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދު އޮންލައިން